ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިހަވަންދޫ ބަނދަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހއ. އިހަވަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ޑްރެޖިންގ މަސައްކަތާއި ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީން ބުނީ އެމަސައްކަތުގެ 54 ޕަސެންޓް މިހާުރު ވަނީ ނިމިފައި ކަމަށެވެ. މިހާރު ކުރިއަށްދަނީ ބޮޑުހިލައިގެ ރިވެޓްމެންޓް މަސައްކަތްތައް ކަމަށް ވެސް އެކުންފުނީން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި، 850 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. މި މަޝްރޫޢަކީ 123.96 މިލިއަން ރުފިޔާގެ މަޝްރޫއެކެެވެ.

އެމްޓީސީސީއަކީ މިފަދަ އެތައް މަޝްރޫއެއް އެއްފަހަރާ ކުރިއަށް ގެންދިއުމުގެ ގާބިލްކަން ލިބިފައިވާ ކުންފުންޏެކެވެ. ޚާއްސަކޮށް އެކުންފުނީގެ މިހާރުގެ ސީއީއޯ އާދަމް ޢާޒިމް އެކުންފުނި ހިންގަންވަން ފެއްޓެވުމުން ކުންފުނީގެ ދުވެލިވަނީ ހަލުއިވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: