ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޓީސީސީ އެޕުގެ މައުލޫމާތު ލީކުކުރި ކަމަށް ތުހުމަތުވާ މުވައްޒަފުގެ މައުލޫމާތު ފުލުހަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގާތްގަނޑަކަށް 13 މިލިއަން ރުފިޔާ ހަރަދުކޮށްގެން އެމްޓީސީސީން ތަރައްގީކުރި ”މާލެ ޓެކްސީ ލައިން“ އެޕްލިކޭޝަނުން މައުލޫމާތުތަކެއް ލީކުކޮށްލި ކަމަށް ތުހުމަތުވާ މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެޕުގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމްގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފެއްކަން އެ ކުންފުނިން ކުރި ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އެހެންކަމުން އެ މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށައަޅާފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ޓަކައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުންމަތީ ކުނފުނިން ދެމި އޮންނާނެ ކަމަށެވެ.

މި މައްސަލައަކީ މިއީ އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފަކު އެއްވެސް ހުއްދައަކާ ނުލައި، އަމިއްލަ ޒާތީ، ސިޔާސީ މަގުސަދެއް ހާސުލުކުރުމުގެ ނިޔަތުގައި ޓެކްސީ ލައިން އެޕުގެ މަުއލޫމާތުތަކެއް ލީކުކޮށްލި ކަމަށް ބުނާ މައްސަލައެކެވެ. މިކަމާއި ގުޅިގެން އެމްޓީސީސީން ވަނީ އޭނާ ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައެވެ.

މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގައި ދަތުރުފަތުރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ”މާލެ ޓެކްސީ ލައިން“ ތައާރަފުކުރީ މިދިޔަ އޭޕްރީލް މަހުގެ ދެވަނަ ދުވަހެވެ. ނަމަވެސް ޚިދުމަތް ލިބުމުގައި ހުރި ދަތިތަކާ ގުޅުން ހުރި ޝަކުވާތައް އިތުރުވެފައި ވަނިކޮށް، ރަސްމީކޮށް އެޕްލިކޭޝަން ލޯންޗުކުރީ ޖޫން މަހުގެ ދެވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: