ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ލަނޑުދަނޑިތައް ހާސިލްކުރެވޭނެ ގޮތަށް ދިވެހިރާއްޖޭގައި އިންވެސްޓްމަންޓްތައް ކުރިއެރުވުމަށްޓަކައި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ޔޫއެންޑީޕީ ދެމެދު ހެދިފައިވާ އެމްއޯޔޫގައި ސޮއިކޮށްފި އެވެ.
މި އެމްއޯޔޫގައި އިކޮނޮމިކް މިނީސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ ފައްޔާޒް އިސްމާއީލްއެވެ. ޔޫއެންޑީޕީގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ޔޫއެންޑީޕީން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލިއެވެ.
މި އެމްއޯޔޫގެ މައިގަނޑު މަގްސަދަކީ ޔޫއެންޑީޕީ އާއި ގުޅިގެން ރާއްޖޭގެ އިޤްތިސާދީ ދާއިރާތަކުގެ ސިންދާފަތު އިތުރަށް ވަރުގަދަ ކުރުމެވެ. މި ގޮތުން 4 ދާއިރާއަކަށް އެއްބާރުލުން ދިނުމަށް ވަނީ ކަނޑައެޅިފައެވެ.
މީގެ ސަބަބުން ރާއްޖެއާއި ޔޫއެންޑީޕީއާއި ދެމުގައިވާ ދުވަސްވީ ގުޅުން އިތުރަށް ބަދަހިވެހިވެގެންދާނކަމަށް މިނިސްޓްރީން ބުނެ އެވެ. އަދި މީގެ ކުރިން ޔޫއެންޑީޕީން ރާއްޖެގައި ހިންގުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމްތަށް އިތުރު ހަލުވި މިނެއްގައި ކުރިއަށްދާން މި އެމްއޯޔޫގެ ސަބަބުން މަގުފަހިވާނެ ކަމުގައިވެސް ބަޔާނުގައި ވަނީ ބުނެފައިވެ އެވެ.
މިނިސްޓާރ ފައްޔާޒް ވިދާޅުވީ އެމަނިކުފާނަށް ފެނިލައްވާ އެންމެ ބޮޑު މައްލައަކީ ލިބިފައިވާ ޑޭޓާތަށް އުފެއްދުންތެރި ގޮތެއްގައި ކުރެވިގެން ބޭނުން ކުރެވިގެން ނުދާތީ ކަމުގައެވެ. އަދި މި އެއްބަސް ވުމުގެ ސަބަބުން މިކަންތައްތަކަށް ހައްލު ލިބިގެންދާނޭ ކަމަށްވެސް މިނިސްޓާރ ފައްޔާޒްގެ ވާހަކައިގައި ވަނީ ފާހަގަ ކުރައްވާފައެވެ. މީގެއިތުރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑައިވާސިފިކޭޝަން ޕްރޮގްރާތަކަށްވެސް މިކަމުގެ ސަބަބުން ފައިދާ ތަކެއްކުރާނޭ ކަމަށް އުއްމީދު ކުރައްވާކަން އެމަނިކުފާނުގެ ވާހަކައިން ހާމަވެގެންދިޔައެވެ.
މިނިސްޓަރ ފައްޔާޒް ވިދާޅުވީ އެންމެ އުފާވާނީ މިއާއި އެކު އަންހެން ވިޔަފާރި ވެރިންނަށް އެހީތެރިވުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ހުނަރު އިތުރު ކުރުމަށް ދޭން ކަނޑައަޅާފައިވާ އެއްބަސްވުން ތަކުގެ ސަބަބުން ކަމުގައެވެ.
ޔޫއެންޑީޕީގެ ރެސިޑެންޓް ރިޕްރެސެންޓެޓިވް، އެންރީކޯ ގަވޭލީގެ ވާހަކައިން މި ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރުމަށް ޔޫއެންޑީޕީއިން ވަނީ ތައްޔާރުވެފަ އެވެ. މީގެ އިތުރުން ފައްޔާޒް ވިދާޅުވީ މިއީ އެންމެ ކަމަކަށް ހާއްސަކޮށްގެން ކުރާ މަސައްކަތެއް ނޫން ކަމަށާއި މި މަސައްކަތް ކުރިއަށް ދާނީ އެތައް ކަމަކަށް ހުޅުވާލައި ފުރުސަތު ދީގެން ކަމަށެވެ.
މިގޮތަށް މިހާރުވެސް ޔޫ.އެން.ޑީ.ޕީ އިން ދަނީ 100 އެތަށް ގައުމެއްގެ ފަގީރުކަން ނައްތާލާ ގައުމުތައް ކުރިއެރުވުމަށް އެތަކެއް މަސައްކަތެއް ކުރަމުންކަން ފާހަގަ ކޮށްލެވެއެވެ.

