ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުށްކުރާ މީހުންގެ ނިސްބަތް ގިނަ، ދައުލަތުން ބޮޑު ބަދަލެއް ގެންނަން ޖެހޭ: އިމްރާން

މިނިސްޓަރ އިމްރާން
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ކުށްކުރާ މީހުން ގިނަކަމާއި މިއީ ދައުލަތުގެ ނިސްބަތުން ވިސްނައިގެން ބޮޑު ބަދަލެއް ގެންނައް ޖެހޭ ކަމެއްކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ޑިޕްލޮމާ އިން ކަރެކްޝަނަލް މެޏެޖްމެންޓް ކޯހުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި ދަސްވެނިންނާ މުޙާތަބު ކުރައްވާ އިމްރާން ވިދާޅުވީ އިންސާނެއްގެ ހަޔާތުގައި ލިބޭ އެންމެ ބޮޑު ކާމިޔާބާއި ކުރިއެރުމަކީ ޢިލްމުގެ މަރުޙަލާތަކުގައި ދަތުރުކުރުމަށް ލިބިގެންދާ ފުރުސަތުތައް ކަމުގައެވެ. 

ކަރެކްޝަނަލް މެނޭޖްމަންޓްއިން ޑިޕްލޮމާ ހާސިލްކޮށްގެން ނުކުންނަނީ ރާއްޖެއަށް އެންމެ މުހިންމު އަދި ބޭނުންތެރިވެފައިވާ ދާއިރާއަށް ކަމަށް އިމްރާން ވިދާޅުވިއެވެ. މިއީ ރާއްޖޭގައި ތަކުރާރުކޮށް ކުށްކުރާ މީހުން އެމްސީއެސްއިން ބެލެހެއްޓުމަށްފަހު، މުޖްތަމަޢުއަށް ފައިދާހުރި ބައެއްގެ ގޮތުގައި ނެރުމަށް ކުރެވޭ މަސައްކަތަށް އެޅޭ މުހިއްމު ފިޔަވަޅެއް ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް އިލްމު އުނގެނި ދަސްކުރަންޖެހޭ ކަމަށް މިނިސްޓަރގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ. އިމްރާން މިކަން ސިފަ ކުރެއްވީ އިލްމީ މިސާލެއްގެ ގޮތުގައެވެ.

މިނިސްޓަރ އިމްރާންގެ ވާހަކަ ބޮޑަށް ހާއްސަ ކުރައްވާފއިވަނީ އިލްމުގެ މުހިންމު ކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަމުގެ ސަބަބުން ކާމިޔާބީ ލިބިގެންދިއުމުގެ އިތުރުން ދެ ދުނިޔޭގެ މަތިވެރިކަމާއި ޝަރަފާއި ޢިއްޒަތް ލިބޭނެކަމަށެވެ.

އަދި މި ކޯހުގެ ކުރީގެ ދެ ބެޗްއާއި އަޅާ ބަލާއިރު މި ބެޗްގެ ދަސްވެނިން ވަރަށް ބޮޑަށް އިތުރުވިކަން ފާހަގަކުރައްވައި، ކޯސްތަކުގައި ބައިވެރިވާ ދަރިވަރުން ކޯސް ފުރިހަމަކުރާ ނިސްބަތް 80 އިންސައްތަ އިތުރުކުރުމަށް މަސައްކަތްކުރުމަށް މިނިސްޓަރ އިމްރާން ވަނީ ހިތްވަރުދެއްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު މިރަސްމިއްޔާތުގައި ދެއްކެވި ވާހަކައިގައި ފާހަގަ ކުރެއްވީ ކޮވިޑް 19 ދަތި ހާލަތުގެ ތެރެއިން އެންމެ އެދެވޭ ގޮތުގައި މިކޯސް ކުރިއަށް ނުގެންދެވުނު ނަމަވެސް ދިމާވެފައިވާ ދަތިތަކާއި އެކުވެސް 14 ދަރިވަރަކު މި ކޯހުން ދަސްވެނިވުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައެވެ.

މި ކޯހުގައި މުދައްރިސުންގެ ގޮތުން ހަރަކާތްތެރިވެފައިވަނީ އެމްސީއެސްގެ އެކި ރޮނގުތަކުން މަތީ ތަޢުލީމް ހާޞިލުކުރައްވައިގެން ތިބި ފަންނީ މުވައްޒަފުންނެވެ. މި ބޭފުޅުންގެ އިތުރުން އަދި އައިސްކޯޓުން ކޮށްދެއްވާފައިވާ ބުރަ މަސައްކަތައް ކޮމިޝަނަރ ވަނީ ޝުކުރު އަދާކޮށްފައެވެ.

މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ ސެޓިފިކެޓެއް ލިބިގެންދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: