ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހިންގަމުން އަންނަ މެޑިސިން ސްކޫލުގައި ކިޔަވަމުންދާ ދަރިވަރުންތަކަކަށް ބުލީ ކުރާ މައްސަލަ ބަލަން ފަށައިފިއެވެ.
އެމްއެންޔޫއިން ބުނީ ސްކޫލް އޮފް މެޑިސިންގެ ދަރިވަރުންތަކަކަށް ބުލީ ކުރި މައްސަލައެއް ޔުނިވަސިޓީގެ ވައިސް ޗާންސެލަރަށް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައި ކަމަށެވެ.
އަދި ބުލީ ކުރުމަކީ ދަރިވަރުންގެ ކޯޑް އޮފް ކޮންޑަކްޓްގައި މަނާކަމެއް ކަމަށާއި މައްސަލަ ކޮމިޓީއަކުން ބަލާ، ފިޔަވަޅު އަޅަން ޖެހޭ ދަރިވަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެމްއެންޔޫ އިން ވިދާޅުވިއެވެ. އަދި މައްސަލަ ނިމުމުން، މައްސަލަ ނިމުނު ގޮތް ދަރިވަރުންނާ ހިއްސާ ކުރާނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.
އެތަނުގައި ކިޔަވަމުން އަންނަ ދަރިވަރަކު ސޯސަލް މީޑިއާގައި ބުނެފައިވަނީ ބްލީ ކުރަމުން އަންނަތާ މިހާރު ދެ އަހަރުވެފައިވާ ކަމަށާއި މި މައްސަލަ މެޑިސިން ސްކޫލްގެ ޑީންއަށް ހުށަހެޅުމުން ވެސް އަޅާނުލާ ކަމަށެވެ.

