ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޑުޖެހިފައިހުރި މަޝްރޫއުތަކުގެ ސްޕީޑް އަވަސްކުރުމަށް މަސައްކަތްކުރާނަން: ރައީސް

ޝެއާރކޮށްލާ ކަހަލަދޯ؟

މަޑުޖެހިފައިހުރި މަޝްރޫއުތަކުގެ ސްޕީޑް އަވަސްކުރުމަށް މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކުރެންދޫ ރައްޔިތުންނާ ބައްދަލުކުރައްވާ އެރަށަށް ސަރުކާރުން ކުރިޔަށްގެންދަވާ މަޝްރޫޢުތަކުގެ އިތުރު ތަފްޞީލުތައް ހިއްސާކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ކުރެންދުއަށް ވަޑައިގެންނެވުމުން ކުރެއްދޫ ރައްޔިތުންއެމަނިކުފާނަށް ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫޢުތައް ކުރިޔަށްގެންދަވާނީ ކައުންސިލާއި ރައްޔިތުންގެ ވިސްނުމާއެކުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކައުންސިލަރުން އެދިލެއްވި ކަންކަމުގައި ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. ރައީސްގެ މި ދަތުރުފުޅުގައި ކުރެންދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރެއްވިއެވެ.

ރައީސްގެ މި ބައްދަލުވުމުގައި ކައުންސިލުން ވަނީ އެރަށުގެ ތަރައްޤީއަށް މުހިންމު މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ސިއްހީ މަރުކަޒުގެ ޚިދުމަތް ފުޅާކުރުމާއި، ފުޓްބޯޅަ ދަނޑު ފެންވަރުމަތިކުރުމާއި، މީގެ އިތުރުން ޔޫތު ސެންޓަރެއް ބޭނުންވާކަމާއި، ކައުންސިލް އިދާރާގެ އިމާރާތެއްގެ މުހިންމުކަމާއި، ސްކޫލަށް އިތުރު ކްލާސްރޫމް ބޭނުންވާކަމާއި، މަގުހެދުމާއި އަދި ބަނދަރާއި ގުޅިގެން ކައުންސިލުން ބޭނުންވާ ކަންކަން ފާހަގަކުރެއްވިއެވެ. 

ތަރައްޤީގެ މަޝްރޫޢުތައް ހިއްސާކުރައްވަމުން އެމަނިކުފާނު ވިދާޅުވީ ކުރެންދޫގެ ބޯހިޔާވަހިކަމުގެ ދަތިކަމަށް ޙައްލެއްގެ ގޮތުން އަތޮޅުތަކުގައި ކުރިޔަށްގެންދާ ހައުސިންގ މަޝްރޫޢުގެ ދަށުން ކުރެންދޫގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިޔަށް ގެންދަވާނެކަމުގައެވެ. އަދި ބަނދަރުގެ މައްސަލައަށް ހައްލެއްހޯދުމުގެ ގޮތުން ބަނދަރުގެ ބޭރުތޮށި ބޭރަށްޖެއްސެން އޮތްވަރެއް ބެލުމަށް ޓެކްނިކަލްސާރވޭއެއް ކޮށް މިއަހަރުތެރޭގައި އެމަސައްކަތް ކުރައްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ކުރެންދޫގެ ގިރާ ސަރަޙައްދު ހިމާޔަތްކޮއް، މޫދަށް އެރޭ ސަރަޙައްދެއްވެސް ތަރައްޤީކުރެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ފެނަކައިގެ އައު އިމާރާތަށް އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެކަން ފާހަގަކުރެއްވިއެވެ. ފެނާ ނަރުދަމާގެ މަސައްކަތް ނިމުމުން މަގުހެދުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަވާނެކަމުގައި ރައީސް ޞޯލިޙް ވިދާޅުވިއެވެ. އެކި ސަބަބުތަކާ ހުރެ މަޑުޖެހިފައިހުރި މަޝްރޫއުތަކުގެ ސްޕީޑް އަވަސްކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ކުރެންދޫއަށް ކުރެއްވި ދަތުރުފުޅުގައި، އެރަށުގެ ސިއްހީ މަރުކަޒަށް ޒިޔާރަތްކުރައްވައި ސިއްހީ މަރުކަޒުގެ ޙާލަތު ބައްލަވާލެއްވިއެވެ. މީގެ އިތުރުން ރަށުގެ ފުޓްބޯޅަ ދަނޑުގެ ސިޑިބަރިއާ ރެސްޓްރޫމް އަދި ޗޭންޖީން ރޫމު ހިމެނޭގޮތަށް ތަރައްޤީކުރުމާއި އުދަ އެރުމުގެ ސަބަބުން ދަނޑަށް ލިބުނު ގެއްލުންތައް ރަނގަޅުކޮށް ކުރިން ދަނޑު އޮތްގޮތަށް އިޔާދަކޮށްދޭނެކަމުގައި ވެސް ރައީސް ވިދާޅުވިއެވެ

ޅ، އަތޮޅައް ކުރައްވާ ރައީސްގެ މިދަތުރުފުޅުގަ ކުރެންދޫއަކީ އެންމެ ފަހު މަންޒިލެވެ. އެމަނިކުފާނު ވަނީ ޅ. ހިންނަވަރާއި ފެލިވަރާއި މަޑިވަރާއި އޮޅުވެލިފުށްޓަށް އަދި ނައިފަރަށްވެސް ޒިޔާރަތްކުރައްވާފައެވެ. މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: