ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާމަސީތަކުން އަސާސީ 202 ބޭހެއް ލިބެން ޖެހޭނެ: ހެލްތު

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ފާމަސީތަކުގައި ހުންނަން ޖެހޭ އަސާސީ ބޭސްތަކުގެ ލިސްޓެއް ހެލްތް މިނިސްޓްރީން އާންމުކޮށްފި އެވެ.

ހެލްތް މިނިސްޓްރީން ގެޒެޓްކޮށްފައިވާ އިއުލާނެއްގައި މި ލިސްޓު އާންމުކޮށްފައިވާއިރު، ފާރމަސީގައި ހުންނަން ޖެހޭ އަސާސީ ބޭސްތަކުގެ ލިސްޓް ރިވިއުކޮށް އަދާހަމަ ކޮށްފަކަމަށް އެ މިނިސްޓްރީން ބުނެއެވެ. ލިސްޓުގައި ބޭސްތައް ވަކި ވަކި ކުލަތަކުން ބައި ބައި ކޮށްފައެވެ.

ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް ޓާޝަރީ ހިދުމަތްދޭ ހޮސްޕިޓަލްތަކުގެ ތެރޭގައި ހިންގާ ފާމަސީތަކުގައި ބެހެއްޓުން ވެސް ލާޒިމުކޮށްފައިވެ އެވެ.

ލިސްޓުގައި ބުނެފައިވާ ގޮތުގައި ބޭސް ވިއްކާ ހުރިހާ ފާމަސީތަކެއްގައި އަސާސީ ބޭސްތައް މެދު ކެނޑުމެއްނެތި ލިބެން ޖެހޭނެ އެވެ. އަދި އެފަދަ ބޭސް ފާމަސީތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން އެއްމަހު އެ ތަނެއްގައި ލިބެންހުރި އަސާސީ ބޭހުގެ ބާކީ ހުރިވަރު އެނގޭ ގޮތަށް ހެލްތް މިނިސްޓްރީ އަށް ލިޔުމެއް ހުށަހަޅަން ޖެހެ އެވެ.

ލިސްޓުގައި ހިމެނޭ ބޭހުގެ އިތުރުން އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނޭ ބޭސް ސިޓީއާ އެކީގައި ދޫކުރާ ބޭހާއި، ބޭސް ސިޓީއަކާ ނުލައި ދޫކުރާ ބޭސްތައް ފާމަސީތަކުގައި ބެހެއްޓުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ބުންޏެވެ.

އަސާސީ ބޭސް ފާރމަސީ ތަކުގައި ލިބެން ހުންނަ މިންވަރު ދެނެގަތުމަށްޓަކައި، ކޮންމެ ތިން މަހަކުން އެއްމަހު ފާރމަސީގައި ލިބެންހުރި އަސާސީ ބޭހުގެ ސްޓޮކް ރިޕޯރޓް (ބާކީ ހުރިވަރު އިނގޭ ގޮތަށް) ލިޔުމުން ހުށަހަޅަންވާނެކަމަށްވެސް އިއުލާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: