މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެލް) އިން ނަފްސާނީ ދުޅަހެޔޮކަމަށް ހާއްސަ ޗުއްޓީއެއް ދިނުމަށް ނިންމައިފި އެވެ.
އެމްޕީއެލް އިން ބުނީ ނަފްސާނީ ދުޅަހެޔޮކަމަށް، މުސާރައާއި ހުރިހާ އިނާޔާތްތަކާއި އެކު ހަތް ދުވަހުގެ ޗުއްޓީއެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. މި ޕޮލިސީ އަށް އިއްޔެ އިން ފެށިގެން އެމްޕީއެލް އިން ވަނީ އަމަލުކުރަން ފަށާފަ އެވެ.
އެމްޕީއެލް އިން ބުނީ މި ޗުއްޓީ ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ބަނޑުގައި އޮތް ދަރިފުޅު ބައިގެން ދިއުމާއި، މަންމަ، ބައްޕަ، ދަރި، ފިރިމީހާ/އަނބިމީހާ ނިޔާވުމުގެ އިތުރުން އަލިފާނުގެ ކާރިސާއަކާ ގުޅިގެން ސަރުކާރުގެ ވަގުތީ ހިޔާއަކަށް ބަދަލުވުން ހިމެނޭ ކަމަށެވެ.
މިއީ ސަރުކާރު ކުންފުންޏަކުން މިފަދަ ޕޮލިސީއެއް އެކުލަވާލި ފުރަތަމަ ފަހަރެވެ.

