އައްޑޫ ލިންކްރޯޑުގައިވާ ރުއްތައް ކަނޑާލުމާއި ގުޅިގެން އާންމު ރުޅި އަންނަ ޖެހޭ އެއްވެސް ސަބަބެއް ނުފެންނަ ކަމުގައި އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކަމަށް ބުނެ އައްޑޫ ސިޓީގެ ލިންކު ރޯޑުގައި ހުރި ރުއްތަށް ވަނީ އިއްޔެގެ ވަގުތެއްގައި ސިޓީ ކައުންސިލުން ނަގާފައެވެ.
މޭޔަރު ނިޒާރު ވިދާޅުވީ މި ރުއްތަކާއި ގުޅިގެން ތަފާތު އެކި ޝަކުވާތަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާކަމަށެވެ. އެގޮތުން އާންމުންގެ ގަޔަށް ކުނި އެޅި، ކާރުތަކާއި ސައިކަލްތަކަށް ވެސް ރުއްތަކުން ކުނި އެޅޭ ކަމުގެ ޝަކުވާ ކައުންސިލަށް ލިބިފައިވާ ކަމަށް މޭޔަރު ވިދާޅުވި އެވެ.
ނަމަވެސް މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގެ އެކި ޕްލެޓް ފޯމްތަކުގައި އައްޑޫގެ ރައްޔިތުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
I have no words ????????????????
Addu Link Road’s favorite spot just lost all coconut palms!
Environment protection is such a joke in Maldives! pic.twitter.com/FkRyuXbEwS
— Coach Shujau ???????? (@coachshujau) March 10, 2022
ރުޅިއަންނަ ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމުގައި ނިޒާރު ފާހަގަ ކުރެއްވީ އެ ރުއްތަކުގެ ސަބަބުން އާންމުނަށް އެއްވެސް ފައިދާއެއް ނުވުމެވެ.
”އެޔަކުން އަޅުގަނޑު މެންނަ ކާއްޓެއް ލިބެނީއެއް ނޫން، ދެން އެޔަކުން ހިޔަލެއް ވަނީ އެއް ނޫން“ ނިޒާރު ވިދާޅުވިއެވެ.
އިތުރަށް އޭނާ ފާހަގަ ކުރެއްވީ ރުއްތަކުގެ ސަބަބުން ވަނީ ނުރައްކާ ކަމުގައެވެ.
މީގެ ކުރިންވެސް ނިޒާރު ވިދާޅުވީ ރުއްތަށް ކެޑިގެން ދިޔައީ އެ ރުއްތަކުގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތެރި ހާދިސާތަކުގެ ސަބަބުން ރައްޔިތުން ކުރާ ޝަކުވާއަށް ހައްލެ ހޯދާ ދިނުމުގެ ގޮތުން ކަމުގައެވެ.
މިކަން ކުރެވިފައިވަނީ އީޕީއޭގެ ހުއްދަ ލިބިގެން ކަމުގައިވެސް ނިޒާރުވަނީ ވިދާޅުވެފައެވެ.
ނެގިގެން މިދިޔަ ރުއްތަކުގެ ބަދަލުގައި އެހިސާބުގައި ގަސްތަކެއް އިންދާނެ ކަމުގައި އައްދޫގެ ސިޓީ ކައުންސިލުން ބުނެފައިވެއެވެ.ނަމަވެސް އަދި މިހާތަނަށް އިންދަނީ ކޮން ކަހަލަ ގަސްތަކެއްކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.
މި ސަރަހައްދުން 70 އަށް ވުރެ ގިނަ އަހަރުވީ 50 ވަރަކަށް ރުއް ވަނީ ނަގާފައެވެ. ގިނަ ބަޔަކު މިކަން ސިފަ ކުރަމުން އަންނަނީ އެހިސާބު ”ސުންނާފަތި“ ކޮށްލީ ކަމުގައެވެ.

