ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީރިއާގެ ހަނގުރާމައަށް ދިޔަ އަންހެން މީހާގެ އިދާރީ ބަންދު އިތުރުކޮށްފި

ސީރިއާގައި ކުރަމުންދާ ހަނގުރާމައިގެ ތެރެއިން/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމައިގައި ބައިވެރިވުމަށް ދަރިން ގޮވައިގެން ސީރިއާއަށް ދިޔުމަށް ފަހު އެނބުރި އައި އާއިލާގެ އިދާރީ ބަންދު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ސީރިއާގެ ހަނގުރާމައިގެ މައިދާން ނިމުމަކަށް އައިސް، ބައެއް މީހުން ރާއްޖެ އެތެރެވެވޭނެ މަގު ހޯދައި އެނބުރި އަންނައިރު އެ މީހުން އެއާޕޯޓުން ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެއްވެސް ލިޔެކިއުމެއް ނެތުމާއި، ހަނގުރާމަ ހިނގަމުން ދިޔަ ސަރަހައްދަށް އުފަންވީ ކުދިން ތިބުމުގެ ސަބަބުން ރާއްޖެ ނާދެވިފައ ތިބި މީހުން ދަނީ އެ މީހުން އަނބުރާ ގެނައުމަށް ގޮވާލަމުންނެވެ. މިފަދަ މީހުންގެ އާއިލާތަކުން ވެސް އެހީއަށް އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީތައް ހުށަހަޅާފައިވާއިރު ސީރިއާ ފަދަ ހަނގުރާމަ ހިނގާ ސަރަހައްދުތަކަށް ދިޔަ މީހުން ގެނެސް އެ މީހުންނަށް ދޭން ޖެހޭ ރިހިބިލިޓޭޝަން ދިނުމަކީ ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

މި ޕްރޮގްރާމްގެ ދަށުން ހަނގުރާމައަށް ދިޔަ އަންހެނަކާއި އޭނާގެ ދަރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ދާކަން ފުލުހުން އެންމެ ފުރަތަމަ މީޑިއާތަކާއި ހިއްސާ ކުރީ މިދިޔަ އަހަރުގެ އޭޕްރިލް މަހު އެވެ. އަދި މިދިޔަ ހުކުރު ދުވަހު ރާއްޖެ ގެނައީ 33 އަހަރުގެ އަންހެނަކާއި އޭނާގެ ހަތަރު ދަރީންނެވެ. އޭގެ ތެރެއިން ދެ ކުދިންނަކީ ހަނގުރާމަ ކުރަން ކުރަން ދިޔައިރު ގޮވައިގެން ދިޔަ ދެ ކުދިންނާއި، އެ ސަަރަހައްދަށް އުފަންވި އޭނާގެ އިތުރު ދެ ކުއްޖެކެވެ.

އަލަށް އެކުލަވާލާފައިވާ އުސޫލު ބުނާ ގޮތުން ހަނގުރާމަ ހިނގަމުން ދާ ސަހަރައްދަށް އުންފަންވާ ދިވެއްސެއްގެ ކުއްޖެއްގެ ރަށްވެހިކަން ކަނޑައަޅާނީ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓަކުންނެވެ. މައްސަލަ ނިންމުމުގައި ފެމިލީ ކޯޓުން ބަލަން ޖެހޭނީ ކުއްޖާގެ ދިވެހި މަންމަ، ނުވަތަ ބައްޕަ އާއި ޑީއެންއޭ ދިމާވޭތޯ އެވެ. ކޯޓުގެ ހުކުމް ބިނާ ވާން ޖެހޭނީ ފުލުހުން ހަދާ މެޓާނިޓީ ޑީއެންއޭ ތަހުލީލު ރިޕޯޓެއްގެ މައްޗަށެވެ. އަދި އިތުރު ހެކިތަކަށް ރިއާޔަތް ކުރަން ޖެހޭނެ އެވެ.

ދިވެހި ރާއްޖެ ދޫކޮށް ހަނގުރާމަވެރި ސަރަހައްދަށް ދޫކޮށްދާ ދިވެހިންނާއި މެދު ހާއްސަ އިޖުރާއަތަކަށް އަމަލު ކުރުމުގެ ގަވާއިދުގައި ބުނެފައިވާ ގޮތުން، އަނބުރާ އަންނަ މީޙުންނާއި އެމީހުންގެ އާއިލާ ބަހައްޓަން ޖެހޭނީ އިދާރީ ބަންދެއްގަ އެވެ. އަދި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ވަރުގެ ކަންތައް ހުރިތޯ ބަލައި ޝަރުއީ މަރުހަލާ ކުރިޔަށް ގެންގޮސް، އެ މީހުންނަށް ރިހިބިލިޓޭޝަން ޕްރޮގްރާމެއް ގެންދަން ޖެހޭނެ އެވެ. ހުކުރު ދުވަހު ރާއްޖެ ގެނައި އަންހެން މީހާ އާއި އޭނާގެ ދަރިން ބަންދުގައި ބެހެއްޓީ މި ގަވައިދުގެ ދަށުންނެވެ.

ސީރިއާއަށް އުފަންވިކަމަށް ބުނާ އަންހެން މީހާގެ ދެ ދަރިންގެ ޑީއެންއޭ އަދި ހަދާފައި ނުވެ އެވެ. އޭނާ ބުނާ ގޮތުން އެ ދެކުދިންނަކީ ވެސް އޭނާ ސީރިއާގައި ހޭދަ ކުރި ނުވަ އަހަރުގެ ތެރޭގައި ހަލާލު ގޮތުގައި ލިބުނު ދެ ކުދިންނެވެ. ޖުމްލަ ހަތަރު ކުދިންނަކީ ވެސް ތަފާތު މާހައުލެއްގައި، ހަނގުރާމަތައް ފެނުނު ކުދިންނަށް ވާތީ އެ ކުދިންނަށް ދޭން ޖެހޭ އެހީތެރިކަން ގަވައިދުގެ ދަށުން ދޭނެ އެވެ.

ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި އާއިލާ އަނބުރާ ރާއްޖެ ގެނައި ސަބަބެއްކަމަށް ބުނީ، އެ އާއިލާގެ ފުރާނައަށް ނުރައްކާ އޮތުމުންނެވެ. ނަމަވެސް އެއީ ކޮން ގަތަކުންވާ ނުރައްކަލެއްކަން މީޑިއާތަކާއި ހިއްސާ ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: