ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހިބަދޫ ރައްޔިތުންނަަށް ދިމާވެފައިވާ އެންމެ ބޮޑު ދަތިކަމަކީ ބޯހިޔާވަހިކަމުގެ ދަތިކަން: ކައުންސިލް

ޝެއާރކޮށްލާ ކަހަލަދޯ؟

ނައިބު ރައީސް ފައިޞަލް ނަސީމް، އދ. މަހިބަދޫ ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ވަނީ މަހިބަދޫ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާ ބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާކުރައްވަފައެވެ. މިގޮތުން، އެބޭފުޅުން ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ ރަށުގެ ބިން ފުރިފައިވުމުގެ ސަބަބުން ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްޗަށެވެ.

މީގެ އިތުރުން ވެސް ކައުންސިލުން ވަނީ ރަށުގެ ނުހެދި ހުރި މަގުތައް ހެދުމުގެ މަޝްރޫޢު ބަޖެޓުގައި ހިމެނުނު ނަމަވެސް ނުފެށި ލަސްވާތީ ހުރި ކަންބޮޑުވުންތަކާއި، ކުނި މެނޭޖްކުރުމުގެ ދަތިތަކާއި، ރަށުގައި ދަނާލެއް ހުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ މަޝްވަރާކުރައްވާފައެވެ. އަދި ގިނަ މައްސަލަތައް ގުޅިފައިވަނީ ބިމުގެ ދަތިތަކާއި ކަމަށް ވުމުން ބިން ހިއްކުމަށް ރަށު ރައްޔިތުން އެދޭކަމުގައި ކައުންސިލުން ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކައުންސިލުން ފާހަގަކުރެއްވެވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ ވާހަކަ ދައކަވައިގެން އެދެވޭ ޙައްލުތަކެއް ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ރަށުގެ އިޖްތިމާޢީ ޙާލަތު ރަނގަޅުކުރުމަށް ކުރެވެންހުރި ކަންކަމަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަވަރު ތިނަދޫ ރައްޔިތުންނަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލައެވެ. ހަވަރު ތިނަދޫގައި ހިއްކާފަ އެއޮތް 64 ހެކްޓަރުބިން ޖަންގަލީ ވަލަށް ވާން ބޭއްވުމަކީ ސަރުކާރަށާއި ތިނަދޫ ކައުންސިލަށް ލިބޭ ފަހުރެއްކަމުގައި އެމީހުންދެކެއެވެ. ބިން ހިއްކުމަކުން ކެކޭނެ ރިހައެއް ނެތެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: