ބްލިއު.އެޗް.އޯއިން ރާއްޖެއަށް ޖީން ސީކުއެންސް މެޝިނެއް ހަދިޔާކޮށްފިއެވެ.
މި މެޝިނަކީ ކޮވިޑް19 ގެ ތަފާތު ވޭރިއަންޓްތައް ދެނެގަތުމުގެ ގާބިލްކަން ލިބިފައިވާ މެޝިނެކެވެ.
ޑަބްލިއުއެޗްއޯ އިން ހަދިޔާކުރި ޖީން ސީކުއެންސް މެޝިނާއި ހެލްތް މިނިސްޓްރީގެ ފަރާތުން ހަވާލުވެލައްވާފައިވަނީ ހެލްތް މިނިސްޓަރު އަހުމަދު ނަސީމެވެ.
Today, @whomaldives handed over Genome Sequencing Technology to @MFDA_mv @MoHmv ????
???? Genome Sequencing supports the monitoring of COVID-19 spread, activity & evolution of the virus, opening new paradigms in epidemic & pandemic prevention & control pic.twitter.com/wHg3RDZyOl
— WHO Maldives (@WHOMaldives) April 6, 2022
ޖެނޯމް ސީކުއެންސިން މެދުވެރިކޮށް ކޯވިޑް-19 ފެތުރޭ މިންވަރު ބެލުމާއި، ވައިރަސްގެ ހަރަކާތްތަކާއި، އެއަށް އަންނަ ބަދަލުތައް ދެނެގަތުމާއި ބަލި ފެތުރުން ކޮންޓްރޯލް ކުރުން ބޮޑުތަނުން ފަސޭހަވެގެންދާނެ ކަމަށް ބެލެވޭ ކަމުގައި ހެލްތް މިނިސްޓްރީ އިން މައުލޫމާތުދީފައިވެއެވެ.
ދިވެހި ރާއްޖޭގައި ކޮވިޑް19 ދިފާއު ކުރުމަށް ވަނީ މުހިއްމު ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ފުރަބަންދު ކުރުމާއި ރެންޑަމް ސާމްޕަލް ނެގުމާއި ފުލޫ ކްލިނިކް ތަކާއި ކޮވިޑް 19 ގެ ބަލި ޖެހޭ މީހުންނަށް ފަރުވާ ދިނުމަށް މާލެ ސަރަހައްދާއި ރާއްޖޭގެ ރަށްތަކުގައި ގާއިމް ކުރެވުނު ކޮވިޑް ފެސިލިޓީ ތަކުން ދޭ ފަރުވާގެ އިތުރުން އެއް ރަށުން އަނެއް ރަށަށް ދަތުރު ކުރުމުގައި އެރަށެއްގެ ކައުންސިލާއި އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ ގެ އިތުރުން ސަޕޯޓް ސާރވިސަސް ޔުނިޓުން ރަށަށް އެތެރެވުމާއި ފޭބުމުގައި އަމަލު ކުރަމުން ދިޔަ ގަވާއިދާއި މާލޭގައި އެކަންކަމަށް އިރުޝާދު ދިނުމަށް އެޗްޕީއޭގެ ފަރާތުން ކެނޑިނޭޅި ކުރަމުންގެންދިޔަ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.
މީގެ އިތުރުން ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގައި އިޢުލާންކޮށްފައި އޮތް ޢާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެ އަހަރު ދުވަހަށްފަހު، ނިމުމަކަށް ގެނެސް، ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ގިނަ ފިޔަވަޅުތަކެއް މިދިޔަމަހުގެ 13 ވަނަ ދުވަހު ވަނީ އުވާލާފައެވެ. އަދި މާސްކް އެޅުމަކީ މަޖުބޫރު ކަމެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމެއް ގެނެސްފައިވެއެެވެ.
ކޮވިޑް19 އާއި ގުޅިގެން އެޅި ފިޔަވަޅު ތަކަށް ލުއި ދެމުން ގެންދިޔަ ނަމަވެސް ބަލީގެ ހާލަތަށް ބަލައި ކުރިއަށް އޮތް ތަނުގައި އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގައި ހެލްތް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފައިވެއެވެ.

