ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޤައިދީން ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ގައުމީ މައްސަލައެއް: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

ޤައިދީން ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ޤައުމީ މައްސަލައެއްކަން މިސަރުކާރުން ފުރިހަމައަށް ޤަބޫލުކުރައްވާކަމަށާއި, އެކަމަށް ފަރުވާ ހޯއްދަވާނެކަމަށް މިނިސްޓަރ ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެއެވެ.

އެމަނިކުފާން މިހެންވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 25 ވަނަ އަސާސީ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމާއި ހުވާކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ސަރުކާރު އައީ ޒަމާނުއްސުރެ ދިވެހިންގެ ހިތުގައި ޖަލުތަކާމެދު އުފެދިފައިވާ ކިލަނބީ ތަސައްވަރު, ދިލާސީކުރުމުގެ ފުރިހަމަ ތަސައްވަރަކާއެކުކަމަށެވެ. މިޒިންމާއާ ހަވާލުވީއިރުވެސް ޖަލުތަކުގެ ހާލު ރަނގަޅަށް ދެނެހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ޤައިދީން ތަހައްމަލުކުރަންޖެހޭ ދަތިތަކަކީ ފަރުވާ ހޯދަން ޖެހިފައިވާ ޤައުމީ މައްސަލައެއްކަން މިސަރކާރުން ފުރިހަމައަށް ޤަބޫލުކުރައްވާކަމަށެވެ. މިސަބަބާހުރެ ޖަލުތައް ހިންގުމުގެ މުޅި ނިޒާމް ރިފޯމްކޮށް, އިންސާނީ ކަރާމާތާއި, އަސާސީ ހައްޤުތަކަށް ކަށަވަރުވާނޭ ފަދައިން ޖަލުގެ ކަންކަން ތަރުތީބުކޮށް ހިންގުމަށް ބޭނުންވާނެ ޑައިރެކްޝަން އަބަދުވެސް ދެއްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

”ވޭތުވެދިޔަ އެއްވެސް ސަރުކާރަކުން މިކަމަށް ނުކުރާ މަސައްކަތް އަޅުގަނޑުމެން ކޮށްފައިވާކަން ފުރިހަމަ ޔަޤީންކަމާއެކު އަޅުގަނޑު ޤަބޫލުކުރަން.“ މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުގެ އެންމެ ފުރަތަމަ ދުވަސްކޮޅުގައި ޖަލު އޮޑިޓްކޮށް ފުރިހަމަ ރިޕޯޓެއް އެކުލަވާލެއްވިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޖަލު އޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާ މުހިއްމުކަންކަން ކަރެކްޝަނަލް ސަރވިސްއިން މިހާރުވެސް ކޮށްފައިވާކަމަށާއި, އަދި ނުކުރެވިހުރި ކަންކަންވެސް ކުރެވޭނެ މަގު ފަހިކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޖަލުއޮޑިޓް ރިޕޯރޓްގައި ފާހަގަކޮށްފައިވާ ކަންކަމުގެ ތެރެއިން ކުރަމުންދާ ކަންކަން އަދި ކޮށްފައިވާ ކަންކަން އެކަމަށް ޚާއްޞަކުރެވިފައިވާ ކޮމިޓީއަކާއެކު ގާތުން ބައްލަވަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި މިހާރުހުރި ގިނަ ޖަލުތަކަކީ އުފެދުމުގައި އެހެންކަމަކަށް ބޭނުންކުރާގޮތަށް އިމާރާތްކޮށްފައިވާ ޖަލުތަކެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: