ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޗައިނާއިން ރާއްޖެއަކަށް ނުފޫޒެއް ނުފޯރުވަން: ޗައިނާ ސަފީރު

ޗައިނާ ސަފީރު ރައިސް އޮފީހުގައި: ފޮޓޯ/ ރައިސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ނުފޫޒު ފޯރުވުމުގެ ސިޔާސަތު ޗައިނާއިން ނުގެންގުޅޭނެ ކަމަށާއި އެގައުމެއްގެ އަމިއްލަ ވަންތަކަމަށް ޗައިނާއިން އިހްތިރާމް ކުރާކަނެކަން ތަކުރާރުކުރަށްވާ ކަމަށް އެގައުމުން ދިވެހި ރާއްޖެއަށް ކަނޑައެޅިފައި ހުންނަ ސަފީރު ވޭންގް ޔީ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްގެއާއި ޗައިނާއާއި ދޭތެރޭގައި އޮންނަ ގުޅުމަށް 50 އަހަރު ފުރިދިއުން ފާހަގަކުރަށްވާ މީޑިއާތަކާއި ވާހަކަދައްކަވަމުން ވޭންގް ޔީ ވިދާޅުވީ ދިވެހި ރައްޖޭއިން ކުރިއެރުމަށްޓަކައި ނެގުމަށް ހަމަޖެހިފައިވާ ފިޔަވަޅުތަކާއި ، ގައުމުގެ ރައްޔިތުންގެ ތެރޭގައި ކަންޑައެޅިފައިވާ އިޖްތިމާއީ އުސޫލުތަކާއި އަސާސްތަކަށް އިހްތިރާމް ކުރަށްވާ ކަމަށާއި އެގައުމުން ރާއްޖޭގެ ދާހިލީ ނިންމުން ތަކުގެ ތެެރެއަށް ނުވަންނާނެ ކަމަށެވެ. އަދި ޗައިނާއިން ދިވެހިރާއްޖޭގައި އަމިއްލަ މަސްލަހަތައް ފައިދާވާ ފަދައިން އެއްވެސް މަސައްކަތެއް ނުކުރަށްވާ ކަމަށް ފާހަގަ ކުރަށްވަމުން އެނާ ވިދާޅުވީ ޗައިނާއާއި ދިވެހިރާއްޖެ ދޭތެރޭ އޮންނަ އެކުވެރި ގުޅުމުގެ ތެރެއިން އިތުރު ފަރާތަކާއި ދޭތެރޭ އޮންނަ ގުޅުމަކަށް ބުރޫއަރާނެ ފަދަ ގޮތަށް ކަންކަން ރޭވިފައި ނުވާނެކަމަށާއި މި ދެގައުމު ދޭތެރޭ އޮންނަ ގާތްގުޅުމަށް ނޭދެވޭ އަސަރުކުރާނެ ފަދަ އަމަލުތައް ހިންގުމަކީ ދިވެހި ރައްޔިތުން އަދި ގައުމުގެ މަސްލަަހަތާއި ދެކޮޅަށް ކުރެވޭ ކަމެއް ކަމަށެވެ.

ދިވެހިރާއްޖެ އަދި އެހެނިހެ ގައުމުތަކުގެވެސް އެތެރޭގެ ކަންކަމަށް ޗައިނާއިން ނުފޫޒު ނުފޯރުވާނެ ކަން ފާހަގަ ކުރަށްވަމުން އެ ގައުމުގެ ސަފީރު ވިދާޅުވީ ކުރިމަގުގައި ރާއްޖެއާއި ޗައިނާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރަމަށް ގާތުން މަސައްކަތް ކުރަށްވާނެ ކަމަށާއި އުފެދުފައިވާ މި ގުޅުމާއި އިތުބާރުގެ ތެރެއިން ކޯޕަރޭޓް ކުރަމުންދާ މިންގަޑުތައް ވަރުގަދަކޮށް މި ޒަމާންވީ ގުޅުން ދަމަހަށްޓަން ދެގައުމުގެ އިސްވެރިންގެ އިރުޝާދުތަކުގެ ދަށުން ގުޅިގެން މަސައްކަތް ކުރަށްވާނެ ކަމަށެވެ.

މީގެ އިތުރުން ޗައިނާގެ ސަފީރު ވިދާޅުވީ ދިވެހި ރާއްޖެ އަދި ޗައިނާއަށްވެސް ބޮޑެތި ކުރިއެރުންތަކާއި ގިނަ ގުނަ މަންފާތައް ލިބިގެންދާނެ ފަދަގޮތަކަށް މި ގުޅުން ބައްޓަންކޮށް ދިގުމުއްދަތަކަށް ދެމެހެއްޓޭނެ ފަދަގޮތަކަށް އަމަލުކުރައްވަން އެނާއަށް ފެނިވަޑައިގަންނަކަމަށެވެ.

ޗައިނާއިން މިފަދައިން އިޝާރާތް ކުރަށްވާފައިވާ ދަންޑިވަޅުގައި، ދިވެހި ރާއްޖޭގެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިފަހުން އިންޑިއާއަށް ކުރެށްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ ޗައިނާއިން މަސައްކަތް ކުރަމުން ދަނީ ރާއްޖެއަށް އަރައިނުގަނެވޭނެ ފަދަ ”ދަރަނީގެ ދަންތޫރައެއްގައި ޖައްސާ“ ދިވެހި ފަސްގަނޑު ފޭރިގަންނަން ކަމަށެވެ. އަދި އެގައުމުން ދިވެހި ރާއްޖޭގައި ހުދުމުތާރު އުސޫލުތައް ފަތުރާ ޑިމޮކްރެސީ ނައްތާލަންވެސް މަަސައްކަތް ކުރާ ކަމަށް އެނާ ވަނީ ތުހުމަތު ކުރަށްވާފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: