ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާރ ސްޓޭޝަނެއް ހަދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

ހދ ކުނބުރުދޫގައި ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއް ހެދުމަށް  ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އޮޕަރޭޓިން އޮޕަރޭޓިންގ އޮފިސަރ އަލްފާޟިލް ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފެސިލިޓީއެކެވެ. އެގޮތުން ކޮންމެ ރަށެއްގައި ވެސް ފުރަތަމަ މަރުހަލާގައި އުފެދޭ ކުނި ޖަމާކުރެވޭ ފެސިލިޓީ އަކީ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތަކެވެ. އަދި  މި ސްޓޭޝަންތަކަށް އެކަށީގެންވާ ވަރަށް ކުނި ޖަމާކުރެވުމުން މި ކުނި ވަކިކޮށް ރީސައިކަލް ކުރުމަށް ނުވަތަ ނައްތާލުމަށް ހާއްސަކުރެވިފައިވާ ފެސިލިޓީ އަކަށް ބަދަލުކުރެވޭނެއެވެ.

މިފަދަ ވޭސްޓް ޓްރާންސްފަރ ސްޓޭޝަނެއްގެ ސަބަބުން ހދ ކުނބުރުދޫ ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި ކުނި މެނޭޖްކުރުމަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެއެވެ.

ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ހެދުމުގެ މަސައްކަތްތަކުގެ ތެރޭގައި ސައިޓް ކްލިއަރ ކުރުމާއި، ކޮންކްރީޓް މަސައްކަތްކަތާއި، ފުރާޅެއް ހެދުމާއި ސްކްރީޑް އަދި ބްލޮކް މަސައްކަތްތަަކާއި ޕެރިމީޓަރ ޑްރެއިން ކުރުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

އަދި މަސައްކަތް ފެށުމުގެ ކުރިން އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމެންޓެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

މިއީ 7.67 މިލިއަން ރުފިޔާ އަށް 140 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ،

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: