ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ ދަފްތަރުން 40،000 މެމްބަރުން އުނި ކުރަނީ އެއްވެސް މަޝްވަރާ ކުރުމެއް ނެތި: ހަސަން ލަތީފް

ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން ހަސަން ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމުގައި ގަރާރު ފާސްކުރީ 40،000 މެމްބަރުން ވަކިކުރުމަށް ކަމުގައި އެޕާޓީގެ ކުރީގެ ޗެއަޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ޕާޓީގެ ދަފްތަރު ސާފުކޮށް، އިލެކްޝަންސް ކޮމިޝަނުގެ ލިސްޓުގައި ބުނާ މެމްބަރުންނަށް ވޯޓުލައި ހަރަކާތްތަކުގައި މަސްއޫލުވެ އުޅެވޭ ގޮތަށް ބަދަލު ކުރުމަކީ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރުމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެވަޑައިގެންނެވި ވައުދެކެވެ. އެމްޑީޕީގެ ދަފްތަރުން ޕާޓީގައި 90،000 އެއްހާ މެމްބަރުން ތިބިކަމަށް ދެއްކި ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ ދަފްތަރު ބުނާގޮތުން އެޕާޓީގައި ތިބި 55،000 އެއްހާ މެމްބަރުންނެވެ.

އެތެރޭގެ އިންތިހާބުތަކާއި ދިމާކޮށް، އެމްޑީޕީން އާއްމު ކުރާ ލިސްޓުގައި ހިމެނެނީ އެޕާޓިގެ އަމިިއްލަ ދަފްތަރެވެ. އަދި ސޮއި ކުރާތާ މާ ގިނަ ދުވަސް ނުވާ މީހުންނަށް ވެސް ޕްރައިމެރީތަކުގައި ވޯޓު ލެވޭތީ ނަތީޖާ ވަރަށް ބޮޑަށް ބަދަލުވާކަން މީގެ ކުރިން ވެސް ބަހުސް ކުރެވުނެވެ. ނަމަވެސް ދަފްތަރު ސާފު ކުރުމާއި ގުޅޭގޮތުން ބޮޑެތި ބަހުސްތަކެއް ފެށުނީ ނިމިދިޔަ ޗެއާޕާސަން އިންތިހާބުގެ ވާދަވެރިކަމުގެ ތެރެއިންނެވެ.

ސިޔާސީ ޕާޓީތަކުގައި އެޕާޓީއަކަށް ސޮއި ނުކުރާ މީހުންގެ ނަން ހިމެނޭ މައްސަލަ ވެސް ބޮޑުވެ، އެކަމުގެ ނުރުހުން އަމާޒުވެފައި ވަނިކޮށް މަޖިލީހަށް އެ މައްސަލަ އެމްޑީޕީގެ ފަރާތުން ވެސް ވަނީ ހުށަހަޅާފަ އެވެ. މީގެކުރިން އިދިކޮޅުން ހުށަހެޅި މައްސަލަ ބޭރުކޮށް، އެމްޑީޕީން މައްސަލަ ހުށަހަޅައި ކުރި ބަހުސްގައި ބޮޑެތި ތުހުމަތުތަކެއް ވެސް ކޮށްފައި ވެއެވެ.

ބަހުސް މަރުހަލާގައި ހަސަން ލަތީފް ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ސިއްރު ބައްދަލުވުމެއްގައި އެ ޕާޓީން 40،000 އެއްހާ މެމްބަރުން ވަކިވާ ގޮތަށް ގަރާރެއް ފާސްކޮށްފައި ވާ ކަމަށެވެ. މިއީ ސިއްރުން ހިންގި ޖަރީމާއެއްގެ ގޮތުގައި ސިފަ ކުރައްވައި، ހަސަން ލަތީފް ވިދާޅުވީ މިހާތަނަށް އައިއިރު ޕާޓީގެ އިސް ގިނަ މެމްބަރުންނަށް ވާނުވާ ނޭނގޭކަމަށެވެ.

ވަގު ފޯމުގެ މައްސަލައިގައި ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭކަން ފާހަގަކުރައްވައި ހަސަން ލަތީފް ވިދާޅުވީ، ކޮމިޓީގެ މަރުހަލާފައު އެ ބަދަލު ގެނައުން ރަނގަޅުކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ އަދަދު 10،000 ހަމަވުމުން، އަދަދުތަކަށް ބަލައި ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ހުއްޓާލަން ހަސަން ލަތީފް ތާއީދު ކުރެއްވި އެވެ. މިވަގުތު ވެސް ދައުލަތުގެ ބަޖެޓުން ފައިސާ ދޭން ޖެހޭ ސިޔާސީ ޕާޓީތަކުގެ ތެރޭގައި އެމްޑީޕީ އާއި، ޕީޕީއެމް އަދި ޖޭޕީގެ އިތުރުން އަދާލަތު ޕާޓީ ހިމެނެ އެވެ. އެންމެ ފަހުން ދޫކުރި ފައިސާގެ ބޮޑު ބައެއް އެމްޑީޕީއަށް ލިބުނުއިރު އެއީ 15 މިލިއަން ރުފިޔާ އެވެ.

ސައްހަ ނޫން ފޯމުތަކުން މެމްބަރުން ހަމަކުރުމާއި، ދަފްތަރު އޮޅުވާލައިގެން ޕާޓީތަކުން ފައިސާ ހޯދާކަމުގެ ތުހުމަތުތައް ކުރެވިފައިވަނީ ޖޭޕީއަށާއި، އަދާލަތު ޕާޓީއަށެވެ. އެ މައްސަލައިގައި ހަސަން ލަތީފް ގެންނަން ރަނގަޅު ހައްލެއްގެ ގޮތުގައި ވިދާޅުވީ އިންތިހާބުތަކުން ޕާޓީތަކުން ހޯދާ ނަތީޖާ އާއި، ގޮނޑި އަދި ހޯދާ ވޯޓުގެ ނިސްބަތަަށް ބަލައި ފައިސާ ދޫކުރެވޭނެ ނިޒާމެއް ގެނައުމެވެ.

ސިޔާސީ ޕާޓީތައް އުފެއްދުމަށް ގަނޫނުގައި ބުނާ އަދަދާއި، މަސައްކަތް ކުރެވޭނެކަމަށް ބުނާ އުސޫލާއި ދެކޮޅަށް ހަސަން ލަތީފް ވިދާޅުވީ އައު ފިކުރެއް އާލާ ކުރެވޭނީ އާ ބަޔަކަށް ޖާގަތައް ވެސް ދީގެން ކަމަށެވެ. އަދި ސިޔާސީ ޕާޓީތައް އުފެއްދުމަށް ދައުލަތުން ހަރަދުތައް ކުރަން ޖެހޭއިރު 3،000 މެމްބަރުން މަދުވެގެން ތިބެން ޖެހޭނެކަމަށް ބުނާ އުސޫލު ބަދަލު ކުރަން ހަސަން ލަތީފް ގޮވާލި އެވެ.

އެމްޑީޕީ އަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު އެންމެ ނާޒުކު މައްސަލައަކީ ޕާޓީގެ މެމްބަރުންނަށް މިއަދު ދިމާވެފައިއޮތް މައްސަލަ ކަމުގައި ހަސަން ލަތީފް ވިދާޅުވިއެވެ.

އެކަމަކީ ހިތާމަ ހުރި ކަމެއް ކަމަށާއި އެކަން ކުރެވުނީ ޕާޓީގެ ގުނަވަންތަކުގައި މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމުގައި ހަސަން ލަތީފް ވިދާޅުވިއެވެ.

ހަސަލް ލަތީފް ވިދާޅުވީ ގައުމީ މަޖިލިސް ތަމްސީލުކުރާ 140 މީހުން އެތަނަށް އެއްވެލާފައި ޕާޓީގެ ތިރީސް ނުވަހާސް ސާޅީސް ހާސް މީހުން ވަކި ކުރެވޭ ގޮތަށް ގަރާރު ފާސްކޮށްގެން އެކަން ކުރެވޭނެ ކަމަކަށް ދެކިގެން ނުވާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

ގަރާރު ފާސްކުރުމުގެ ބާރު ގައުމީ މަޖިލީހަށް އޮތް ނަމަވެސް އެފަދަ މުހިއްމު ނިންމުމެއް ނިންމަން ދާއިރުގައި ގައުމީ މަޖިލީހުން މަޝްވަރާ ކުރަންޖެހޭ މިންވަރާއި ގާތަށް އެކަން ކުރެވިފައިނެތުމަކީ އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ހިތާމަކުރާ ކަމެއްކަމުގައި ހަސަން ލަތީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: