ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާ ޗާޓު ފުރިހަމަ ނުވާތީ ފޮތްތަކެއް ޗާޕްކުރުން ހުއްޓުވައިފި

އެޑިއުކޭޝަން މިނިސްޓަރު ޑރ.ޢާއިޝަތު ޢަލީ. ފޮޓޯ: ވަން އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިވަރުންގެ ޓެކްސްޓް ފޮތްތަކުގައި އިންޑިއާ ޗާޓް ފުރިހަމަވެފައި ނުވާ ކަމަށް ބުނެ  ޗާޕްކުރުން ހުއްޓުވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފޮތްތައް ޗާޕްކުރުމަށް ހަވާލުކުރީ އެމް ސެވަން ޕްރިންޓް އާއެވެ.

ސްކޫލް ދަރިވަރުންގެ ޓެކްސްޓް ފޮތްތައް ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އިން އެމްސެވަން އާ ހަވާލު ކުރުމުން އެ ކުންފުނީގައި މަސައްކަތް ކުރާ އިންޑިއާ މުވައްޒަފަކު ފޮތްތައް ޗާޕްކުރުމަށް ވަނީ ދެކޮޅު ހަދާފައެވެ.

އެކަމާ ދެކޮޅު ހެދީ ފޮތުގައި ދަރިވަރުންނަށް މަސައްކަތެއްގެ ގޮތުގައި ރާއްޖެ ފާހަގަ ކުރުމަށް ހިމަނާފައިވާ ޗާޓްގައި އިންޑިއާގެ އެއްބައި ހިމަނާފައި އޮތުމުންނެވެ.

އިންޑިއާގެ އެއްބައި ހިމަނާފައި އޮތުމުން އެމް ސެވަންގައި މަސައްކަތްކުރާ އިންޑިއާ މުވައްޒަފު، ފޮތް ޗާޕުކުރުމަށް ދެކޮޅު ހަދައި އެ ޗާޓް މުޅި އިންޑިއާ އަރާނެހެން އިސްލާހު ކުރުމަށް ބުނި ކަމުގައެވެއެވެ.

އަދި އޭނާ އެހެން ބުނުމުން އެކަން ނުކުރެވޭނެ ކަމަށް އެންއައިއީން ބުނި ނަމަވެސް ފަހުން  އެޑިއުކޭޝަނުން ވަނީ އިންޑިއާ މީހާ އެދުނުގޮތަށް ޗާޓު ބަދަލުކުރުމަށް އެންއައިއީ އަށް އަންގާފައެވެ.

އެންމެ ފަހުން އެ ޗާޓު ހިމެނޭ ސަފްހާ އެއްކޮށް ނެގީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އިން ބުނީ އެއްވެސް ފޮތެއްގައި މައްސަލައެއް އުޅޭނަމަ އެކަން އިސްލާހު ކުރުމަށް ފަހުގައި ނޫނީ ޕްރިންޓް ނުކުރާނެ ކަމުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: