އެސްޓީއޯ އިން ހަމަ ހިޓާޗީ ޕްރޮމޯޝަން ފަށައިފިއެވެ.
އެސްޓީއޯ އިން ބުނީ އެ ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ އޮގަސްޓް މަހުގެ ނިޔަލަށް ކަމަށާއި އެ ޕްރޮމޯޝަންގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި އެސްޓީއޯގެ ރީޖަނަލް ފިހާރަ ތަކުގައިވެސް ކުރިއަށް ދާނެ ކަމުގައެވެ.
ހަމަ ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ހިޓާޗީ ބްރޭންޑްގެ އައިސް އަލަމާރި، ދޮންނަމެޝިން، އެއާޕިއުރިފަޔަރ، ޓީވީ، ފެން ޕަންޕް، ވެކިއުމްކްލީނަރ، އައިސްކުކަރ، އަވަން އަދި އެއަރ ކޮންޑިޝަން ފަދަ ގިނަ ޕްރޮޑަކްޓްތަކުން 30 ޕަސެންޓާ ހަަމައަށް ޑިސްކައުންޓް ލިބިގެން ދާނެއެވެ.
މީގެ އިތުރުން އެއަރ ކޮންޑިޝަން އަދި ރެފްރިޖިރޭޓަރު ފަދަ ތަކެތި ގެއަށް ޑެލިވަރކޮށްދިނުމުގެ އިތުރުން އެއަރ ކޮންޑިޝަން ހަރުކޮށްދިނުމުގެ ހިދުމަތް މުޅިން ހިލޭ ލިބިގެންދާނެ ކަމުގައި އެސްޓީއޯ އިން ބުނެއެވެ.
ހަމަ ހިޓާޗީ ޕްރޮމޯޝަންގައި ކުރާ ކޮންމެ 1،000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ކަސްޓަމަރުންގެ ތެރެއިން ކޮންމެ ހަފްތާއަކު ނަސީބުވެރި އެއް ހޮވައި އަގުހުރި އިނާމްތަކެއް ހަވާލުކުރެވިގެންދާނެ ކަމުގައި އެސްޓީއޯއިން ބުނެފައިވެއެވެ.
މި ޕްރޮމޯޝަން ނިމުމުން ހުރިހާ ކަސްޓަމަރުންގެ މެދުގައި ގުރުއަތު ނަގައި ނަސީބުވެރި ތިން ފަރާތެއް ހޮވައި ކޮންމެ ފަރާތަކަށް ވެސް 50،000 ރުފިޔާގެ އެސްޓީއޯ ޕީޕަލްސް ޗޮއިސް ގިފްޓް ވައުޗާއެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯ އިން މައުލޫމާތުދެއެވެ.
ހިޓާޗީ ޕްރޮމޯޝަންގެ ތެރެއިން ސޯޝަލް މީޑިއާގައި ހިޓާޗީ ޕްރޮޑަކްޓެއްގެ ފޮޓޯ ޕޯސްޓްކޮށްލައިގެން ކޮންމެ ހަފްތާ އަކު ވެސް ނަސީބު ވެރި ފަރާތެއް ހޮވައި އެފަރާތަކަށް ވަރަށް އަގުހުރި އިނާމެއް ލިބިގެންދާނެ ކަމުގައި އެސްޓީއޯ އިން ބުނެފައިވެއެވެ.
މި މުބާރާތުގެ އިތުރު މައުލޫމާތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މީސްމީޑިއާ ޕްލެޓްފޯމްތަކުން ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ދިވެހިންގެ މެދުގައި އިތުބާރު ދަމަހައްޓާފައިވާ ކަރަންޓް ހަރަދު ކުޑަ، ފެންވަރު ރަނގަޅު އޭސީ ނުވަތަ އައިސް އަލަމާރިއެއް ގަންނަން ވިޔަސް އަދިވެސް ހަމަ ހިޓާޗީ ވަރެއް ނެތެވެ. އެސްޓީއޯ އިން ހިޓާޗީ ބްރޭންޑް އިމްޕޯޓްކޮށް ވިއްކާތާ 25 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އިރު މި ބްރޭންޑަކީ ކަސްޓަމަރުންގެ އިތުބާރު ހޯދައިފާ ނަމްބަރ ވަން ބްރޭންޑެވެ.

