ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނީ މީހަކަސް ސިޔާސީ މީހަކަސް ހަރުކަށި ފިކުރަށް ޖާގަދެވިގެން ނުވާނެ: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް.- ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

މުޖުތަމައެއްގައި ހަރުކަށި ފިކުރަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕީޖީ ގްރޫޕް ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ބައިނަލް އަގްވާމީ ޔޯގާ ދުވަހާއި ގުޅިގެން ހިންގި ހަރަކާތްތަކަށް ހުރަސް އަޅާ ހިންގި ހަމަނުޖެހުމާއި ގުޅިގެން އަސްލަމް ކުރި ޓްވީޓްގައިވަނީ ހައްދު ފަހަނައެޅި ހަރުކަށި ފިކުރަކީ މުޖްތަމައުގައި އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެފަދަ އަމަލް ހިންގަނީ ކުށްކުރާ މީހަކަށް ވިޔަސް ސިޔާސީ މީހަކަށް ވިޔަސް، ދީނީ އިލްމުވެރިއަކަށް ވިޔަސް އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމުގައެވެ.

އަސްލަމްގެ ޓްވީޓަގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ރައީސް އޮފީހުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް ވަނީ ޓެގް ކުރައްވާފައެވެ.

ޔޫތު މިނިސްޓްރީން، އިންޑިއަން ހައި ކޮމިޝަނާއި، އެގައުމުގެ ކަލްޗާރ ސެންޓަރާއި ގުޅިގެން ހިންގި ޔޯގާ ޑޭގަ ހަރަކާތްތައް، ރަސްފަންނުގައި ބޭއްވުމަށް ނިންމާފައިވަނިކޮށް، އެތަކެއް ބަޔެއްގެ އެދުމުގެ މަތިން މާލެ ސިޓީ ކައުންސިލުން ވަނީ، އެ ހަރަކާތް ހިންގުމަށް ރަސްފަންނު ނުދިނުމަށް ވަނީ ނިންމާފަައެވެ. އެކަމާއި ގުޅިގެން، ޔޫތު މިނިސްޓްރީއިން ވަނީ އެހަރަކާތްތައް ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިއުމަށް ނިންމައި އެހަރަކާތް ގަލޮޅު ދަނޑުގައި ކުރިއަށް ގެންގޮސްފައެވެ

ޔޯގާ ޑޭގެ ހަރަކާތްތައް ކުރިއަށް ދިޔަ ވަގުތު، ބަޔަކު މީހުން ވަނީ އެތަނަށް ވަދެ ހަރަކާތްތައް ހުއްޓުވާފައިއެވެ. ބަޔަކު މީހުން އެތަނަށް ވަދެ ހަރަކާތްތައް ހުއްޓުވަން އުޅުމުގެ ތެރޭގައި ހިނގި ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖަހާފައިއެވެ.

ޔޯގާޑޭ ގެ ހަމަނުޖެހުމާއި ގުޅިގެން މިހާތަނަށް 14 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: