ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނާޒިމް ސައްތާރު ފުލުހަށް ހާޒިރުކޮށް ސުވާލު ކޮށްފި

ގާނޫނީ ވަކީލު ނާޒިމް ސައްތާރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެފައި ވަނިކޮށް އޭނާ ފުލުހަށް ހާޒިރުކޮށްފިއެވެ.

ބަންގަލޭޝް މީހަކާ އެކު އޭނާ އެއްޖިންސުން ގުޅުން ހިންގާ ކަމަށް ބުނެ ދައުރުވަމުން ދިޔަ ވީޑިއޯ ވައިރަލް ވުމުން ނާޒިމް ފުލުހަށް ހާޒިރުކޮށް ސުވާލު ކުރީ އެއްޖިންސުން ގުޅުން ހިންގުމާއި ގުޅިގެން ކަމެސް ޔަގީނެއް ނުވެއެވެ. ފުލުހަށް ނާޒިމް ހާޒިރު ކުރިއިރު ފުލުހުންދަނީ ވައިރަލްވި ވީޑިއޯގެ މައްސަލައިގައި ބްލެކްމެއިލް ކުރާ ކަމަށް ބުނާ މައްސަލަ އެއް ބަލަމުންނެވެ.

ނާޒިމް ވަނީ އެ ވީޑިއޯ އިން ފެންނަނީ އޭނާ ނޫން ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ، ގިނަ އަދަދެއްގެ މީހުން ހިމެނޭގޮތަށް ބްލެކްމެއިލް ކުރުމުގެ މައްސަލަ އެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށައެޅުމާ ގުޅިގެން އެމައްސަލައިގެ ތަހުގީގު މީގެ ކުރިން ކުރަން ފަށާފައިވާ ކަމަށެވެ.

އަދި ސޯޝަލް މީޑިއާގައި މިއަދު އާއްމުވި ވީޑިއޯ އާއި ގުޅިގެން އެވީޑިއޯގައި ހިމެނޭ ދެ މީހުންގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށާއި ތަހުގީގެ ތެރެއިން އަޅަންޖެހޭ ފިޔަވެއް އަޅާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އެ މައްސަލަ ތަހުގީގު ކުރުމަށް ގޮވާލައި އަޑުއުފުލަމުން ދާއިރު ގިނަބަޔަކު އަންނަނީ އޭނާ ހައްޔަރު ކުރުމަށް ގޮވާލަމުންނެވެ. އަދި ނާޒިމަކީ ގާނޫނީ ވަކީލެއް ކަމުން އެ މައްސަލަ ބާ ކައުންސިލުން ބެލުމަށް ވެސް އާއްމުންގެ ތެރެއިން ގިނަ ބަޔަކު ގެންދަނީ ގޮވާލަމުންނެވެ.

ފުލުހުންގެ މުއައްސަސާއިން ބަލަމުންދާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ދައްކުވައިދޭ ވީޑިއޯގައި ފެންނަ ފަރާތަކީ، ރައީސް ނަޝީދުގެ ކޮއްކޯފުލު ނާޒިމް ސައްތާރު ކަމަށް، އިދިކޮޅު ކޯލިޝަނުންވަނީ ބުނެފައިއެވެ. އަދި އެ މައްސަލަ ބަލުމަށްވެސް އިދިކޮޅުންވަނީ ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: