އދ ފެންފުށީ ފަޅުގެ ބޮޑު ބައެއް ޓޫރިޒަމް މިނިސްޓްރީ އިން ވިލާ ކުންފުންޏަށް ދީފިއެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކުންފުންޏަށް ދިނީ އެ ކުންުފުންޏަށް ދޫކޮށްފައި އޮތް ތ. އެލާގެ ބަދަލުގައި ކަމަށެވެ. އަދި އެކުންފުންޏަށް ފެންފުށީ ފަޅުން ބޮޑު ފިނޮޅުގެ ހުޅަނގަށް އޮންނަ ބައި ދިނީ މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުން ފެށިގެން 99 އަހަރަށް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މާމިނގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އަށް ދޫކޮށްފައިވާ ތ އެލާ ހިމަނައިގެން އެއަތޮޅު ވޭމަންޑޫ އާއި ކިނބިދުއާ ދެމެދު ކޯސްވޭ އެޅުމަށް ނިންމާފައިވާތީ އެލާ ދޫކޮށްލުމުގެ ބަދަލެއްގެ ގޮތުން ފެންފުށީ ފަޅު ދިނުމަށް ގާސިމް ވަނީ އެދިވަޑައިގެންފައެވެ.
ސން އައިލެންޑް ރިސޯޓާއި އެއް ފަޅެއްގައި އޮންނަ އެ ސަރަހައްދުގައި ރިސޯޓް ހެދުމުގެ މަސައްކަތް ވިލާ އިން އަދި ނުފަށައެވެ.

