ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާއަކީ ހަރާމް ކަމެއް ކަމަށް ގަބޫލު ނުކުރަނީ އަޅުގަނޑު ގަބޫލު ނުކުރާ ޝެއިހަކު ބުނުމުން: މިނިސްޓަރ މަހުލޫފް

ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ހެދުން ފަދަ ހިލާފު އުފެދިފައިވާ މައްސަލައެއްގައި ވަކި ޝައިހަކު އެއީ ހަރާމް ކަމެއްކަމަށް ބުނެގެން އެކަން ގަބޫލު ނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ދިމާކޮށް ޔޫތު މިނިސްޓްރީ އާއި އިންޑިއަން ކަލްޗަރަލް ސެންޓަރު އާއި ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން ބޭއްވި ޔޯގާ ހަރަކާތް ހިންގަމުން ދިޔަ ގަލޮޅު ދަނޑަށް ބަޔަކު ވަދެގަނެ ހަމަނުޖެހުން ހިންގާ ހަރަކާތާއި ދެކޮޅަށް ވަނީ އަޑުއުފުލާފައެވެ. އަދި ރާއްޖޭގައި މި ދުވަސް ފާހަގަކުރުމަށް ހަމަޖެހިފައިވާކަން ޔޫތް މިނިސްޓްރީން އިއުލާންކުރުމާއިއެކު އާންމުންގެ އިތުރު ބައެއް އިލްމްވެރިންވެސް ވަނީ ޔޯގާ އަކީ އިސްލާމް ދީނާއި ހިލާފްކަމަކަށްވުމުން ރާއްޖެފަދަ ސައްތައިން ސައްތަ މުސްލިމު ގައުމެއްގައި މިފަދަ ހަރަކާތެއް ކުރިއަށް ނުގެންދިޔުމަށް އެދި އަޑު އުފުލާ ކަމާއިބެހޭ މުއައްސަސާތަކުގައިވެސް ހަރަކާތް ހުއްޓުވުމަށް އެދިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް މިކަމާއި ބެހޭ ގޮތުން ސުވާލުކުރެއްވުމުން، މިނިސްޓަރ މަހްލޫފް ވިދާޅުވީ، ޔޯގާ ހަރަކާތަކީ ހަރާމް ކަމެއް ކަމަށް ބުނެ އަޑުއުފުލާ ވާހަކަ ދައްކަނީ ސީދާ ސިޔާސީ ބޭނުމެއްގައި ކަމަށެވެ. ޕީޕީއެމް އާއި އެމްޑީޕީން 2014 ވަނަ އަހަރުން ފެށިގެން ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަ ކުރަމުން އަންނަކަން ފާހަގަކުރައްވާ މިނިސްޓާ ވަނީ އޭރު މިދުވަސް ފާހަގަކުރުމަށް އޭރު ލައިގެން ތިބި ޓީޝާޓުގައިވާ ޔޯގާޑޭގެ ލޯގޯ މިއަހަރަށްވުރެ މާ ބޮޑުކަމަށް ވިދާޅުވެފައެވެ.

މަހުލޫފް ވިދާޅުވީ ޔޯގާ އާއި މިއުޒިކާއި ދެން އޮތް ކަމެއް ނަމަވެސް ހަރާމްތޯ ނުވަ ނޫންތޯވެސް ސާފް ކޮށް ބުނެދިނުމުން އެކަން ނުކުރައްވާނެ ކަމަށެވެ.

”އަޅުގަނޑު ވަރަށް ސާފުކޮށް ބުނަން ބޭނުން ވަނީ ޔޯގާ އާއި މިއުޒިކާއި ދެން އޮތް ކަމަކާ މި ހުރިހާ ކަމެއްގައި ހަރާމްތޯ ހަރާމް ނޫންތޯ ސާފުކޮށް ބުނީމަ، އަޅުގަނޑުމެން އެ ހިސާބުން އެކަމަކާ ނޫޅޭނަން.“

މަހުލޫފް ވިދާޅުވިއެވެ.

ރުޅިވެރިކަމާއި ނަފްރަތު އުފައްދައިގެން މިކަމުގެ ”އެންޑް ރިޒްލްޓް“ އަކަށް ބޭނުންވަނީ ވެރިކަމަށް އައުންކަމަށާއި އަދި އެ މަސައްކަތް ކުރަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށް މަހްލޫފް ވިދާޅުވިއެވެ.

ހިލާފު އުފެދިފައިވާ، ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝެއިހަކު އެއީ ހަރާމޭ ބުނީމަ ދެންވީ ގަބޫލު ކުރައްވަންތޯ ވިދާޅުވެ މަހުލޫފް ސުވާލު އުފެއްދެވިއެވެ. އަދި އޭނާ ގަބޫލު ކުރަނީ އެފަދައިން ވިދާޅުވީ ޝެއިހުގެ ބަސް ނޫންކަށާއި އެހެން ޝެއިހެއްގެ ބަސްކަމަށް ވިދާޅުވެ މަހުލޫފް ފާހަގަކުރެއްވީ އެބޭފުޅުން އުޅެނީ އެ ޝެއިޙް ބުނާ ގޮތަށްކަމަށާއި އެކަންތައް ހަރާމޭ ބުނާ ޝެއިހް ވިދާޅުވާ ގޮތައްނޫންކަމަށެވެ.

”މިގޮތަށް ހިލާފު އުފެދިފައި، ތަފާތު ވިސްނުން ހުރި ކަންކަން ވަކި ޝެއިހަކު އެއީ ހަރާމޭ ބުނީމަ ދެން އަޅުގަނޑުމެން ގަބޫލު ކުރަންވީ؟ އަޅުގަނޑުމެން ގަބޫލެއް ނުކުރަމޭ އެ ޝެއިހެއް، އަޅުގަނޑުމެން ގަބޫލު ކުރަނީ އެހެން ޝެއިހެއް ދައްކާ ވާހަކަ. އެ ޝެއިހް ބުނާ ގޮތަށް އަޅުގަނޑުމެން އުޅެން ޖެހެނީ، އަޅުގަނޑުމެން ނުޖެހޭ ނޫންތޯ މި ޝެއިހް ބުނާ ގޮތަކަށް އުޅޭކަށް.“

މަހްލޫފް ވިދާޅުވިއެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު މަހްލޫފާއި، އިންޑިއާ ސަފީރު މުނޫ މަހާވަރު އާއި ބައެއް އެހެން ސަފީރުންނާއި ބޭރުގެ ޑިޕްލޮމެޓުން ބައިވެރިވެވަޑައިގެންނެވިއެވެ.

ޔޯގާ ހަރަކާތުގެ ސެކިއުރިޓީ ބަލަހައްޓަން، ޔޫތު މިނިސްޓްރީން ފުލުހުންގެ އިދާރާގައި އެދުނު އިރު، އެ އިވެންޓާ ބެހޭ ފުރިހަމަ މައުލޫމާތު އޮންނާނީ ދީފައި ކަމަށް މަހްލޫފް ވިދާޅުވިއިރު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ސުޖާއު ވަނީ މިފަދަ ހަރަކާތެއް އޮންނަނަމަ ވަރަށް ގިނަ މައުލޫމާތު ފުލުހުން ހޯދާ ކަމަށާއި ނަމަވެސް, ޔޯގާއާ ދެކޮޅަށް ހިންގި ހަރަކާތާ ގުޅޭ ބައެއް މުހިންމު މައުލޫމާތު އެ ލިބެން ޖެހޭ ވަގުތު ހޯދިފައި ނެތްކަމަށް ވިދާޅުވެފައެވެ.

އާންމުން އެ ސަރަހައްދަށް ވަދެގަނެ ހިންގި އަމަލު ހުއްޓުވުމަށް ފުލުހުންނަށް އެކަށީގެންވާ މަސައްކަތެއް ކުރެވިފައިނުވާއިރު، ޔޯގާ ދުވަސް ފާހަގަ ކުރަމުން ދަނިކޮށް ބަޔަކު ގަލޮޅު ދަނޑަށް ވަދެ، ހަމަނުޖެހުން ހިންގުމަށް ފުރުސަތު ލިބުނީ އެކަމުގައި ފުލުހުންގެ ސެކިއުރިޓީ ފެއިލިއަރ އެއް އޮވެގެން ކަމަށާއި އެކަމަށް އެއްބަސްވާ ކަމަށް އަލީ ސުޖާއުވެސް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: