ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖެއިން އިތުރު 175 ހައްޖުވެރިއަކު މައްކާއަށް ފުރައިފި

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށް ދިޔަ ބައެއް ހައްޖާޖީން ވެލާނާ އިންޓަރނޭޝަނަލް އެއަޕޯޓްގައި / ފޮޓޯ: ހައްޖު ކޯޕަރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރު ރާއްޖެއިން ހައްޖުގެ މަތިވެރި އަލުކަން އަދާކުރުމަށްދާ ހައްޖުވެރިންގެ ދެވަނަ ގްރޫޕް ރޭ ފުރައިފިއެވެ.

ހައްޖުވެރިންގެ ދެވަނަ ގްރޫޕްގެ ގޮތުގައި ފުރާފައިވަނީ 175 ހައްޖާޖީންނެވެ. މި ގްރޫޕް ފުރާފައިވަނީ ސައުދީ އެއަރލައިނުން ރޭ 11.30 ގައެވެ. މި ގްރޫޕަށް ޖިއްދާއަށް ދެވުނީ ރޭ ފަތިހު 4.15 ހާއިިރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.

މިއަހަރު ރާއްޖެއިން ހައްޖަށް ދިއުމަށް 453 ކޯޓާ ސައުދީ ސަރުކާރުން ވަނީ ދީފައެވެ. އޭގެ ތެރެއިން 100 ޖާގައަށް މީހުން ނަގާފައިވަނީ އާއްމުކޮށް ހުޅުވާލައިގެން ގުރުއަތު ނަގައިގެންނެވެ. ބާކީ ހުރި ޖާގަ ތަކަށް މީހުން ނަގާފައިވަނީ ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓްރީ ވެފައިވާ ކިއު ތަރުތީބުންނެވެ.

މި އަހަރު ރާއްޖެއިން ހައްޖަށްދާ ފުރަތަމަ ގްރޫޕް ފުރާފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އަދި ތިންވަނަ ގްރޫޕް އާއި އެންމެ ފަހު ގްރޫޕް  މައްކާ އަށް ފުރުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ ދެވަނަ ދުވަހުއެވެ.

ހައްޖުވެރިންގެ ކަންކަން އިންތިޒާމް ކުރުމަށް މިއަހަރު އިސްލާމިކް މިނިސްޓްރީގައި ވަނީ ހާއްސަ އޮޕަރޭޝަން ސެންޓަރެއް ގާއިމް ކޮށްފައެވެ. ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން ކުރިއަށްދާ މި އޮޕަރޭޝަންގައި، ހައްޖާޖީންނަށް ފަސޭހަ ކުރުމަށްޓަކައި ހައްޖާޖީންގެ  ގެ ހިމެނޭ ސަރަހައްދުން އެއަޕޯޓަށް ގެންދިއުމުގެ އިންތިޒާމްތައް އެމްޓީސީސީގެ ބަހުގައި ވަނީ ހަމަޖައްސާފައެވެ. އެގޮތުން މާލޭގެ 24 ޕޮއިންޓަކުން ހައްޖުވެރިން އެއަރޕޯޓަށް ގެންދިއުމަށް ވަނީ ހަމަޖައްސާފައެވެ.

ހައްޖުވެރިންނާއެކު ބަސްތައް ދަތުރުކުރަމުންދާއިރު މި ބަސްތަކަށް ދަތިނުވާނެ ގޮތަށް ފުލުހުން ޓްރެފިކް ބަލަހައްޓާނެއެވެ. އަދި ހައްޖުވެރިން މާލެއިން ފުރުމުގެ ކަންކަމުގައި މާލެ އާއި ހުޅުމާލެ އާއި އެއަރޕޯޓް ތެރެއިންވެސް ކަމާ ގުޅުންހުރި މުއައްސަސާ ތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ސައުދީ ސަރުކާރުން ވަނީ މިއަހަރު ހައްޖަށް އެއްމިލިއަން މީހުންނަށް ފުރުސަތު ދިނުމަށްޓަކައި ގައުމުތަކުގެ އާބާދީގެ ނިސްބަތުން ކޯޓާ ދޫކޮށްފައެެވެ. އަދި ރައްކާތެރިގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށް ފުރިހަމަ ކުރުމަށް ސައުދީ ސަރުކާރުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފަައެވެ.

މި އަހަރުގެ ހައްޖު ދުވަހަކީ އަންނަ ޖުލައިމަހުގެ 8 ވަނަ ދުވަސް ކަމުގައި ސައުދީ އަރަބިއްޔާ އިން ރޭ ވަނީ ކަނޑައަޅާފައެވެ. އެ ގައުމުގެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ  މި އަންނަ ޖުލައި މަހުގެ 8 ވާ ހުކުުރު ދުވަހަކީ ހައްޖު ދުވަސް ކަމަށާއި އީދު ދުވަހަކީ ޖުލައި މަހުގެ 9 ވާ ހޮނިހިރު ދުވަސް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: