ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޫސުން ގޯސްވުމުގެ ސަބަބުން ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލާޓް ނެރެފި

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސް
ޝެއާރކޮށްލާ ކަހަލަދޯ؟

50 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާގެ ފަރާތުން ޔެލޯ އެލަރޓް ނެރެފައިވަނީ މިއަދު ހެނދުނު 10 އިން މެންދުރުފަހު 2 އާއި ހަމައަށެވެ. އެގޮތުން އެސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގަޑިއަކު 30 މޭލާއި 25 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވެއެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވައި ގަދަވެ ކަނޑު ގަދަވާނެ ކަމަށްވެސް ވަނީ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކޮށްފައެވެ.

ހއ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލާރޓް ނެރެފައިވާއިރު، މިދުވަސްވަރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ލ އަތޮޅާއި އައްޑޫ ސިޓީ އަށް ވަނީ ވައިޓް އެލަރޓް ނެރެފައެވެ. އަދި އެހިސާބުގެ ރަށްތަކަށް އުދައިގެ އަސަރު ވަނީ ވަރަށް ބޮޑަށް ކޮށްފައެވެ.

އެހެންކަމުން މިދުވަސްވަރު ކަނޑުދަތުރުފަތުރު ކުރާ ފަރާތްތައް މޫސުމަށް ސަމާލުކަން ދީގެން ދަތުރުތައް ރާވައި ހިންގުމަށް މެޓް އޮފީހުން އެދިފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: