ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުަހައްމަދު ނަޝީދާ އެކު ވެރިކަން ހޯދައިދެވޭނެ ނުވަތަ ވެރިކަން ލިބޭނެ އެއްވެސް ފޯމިއުލާރ އެއް ނެތް ކަމުގައި ރޯޑް ޑިވޮލަޕްމެންޓް ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ
”ސަންގު“ ޓީވީގެ ހަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫކޭ ވިދާޅުވީ ރައީސް ނަޝީދާއި އެކު އެމްޑީޕީއަށް ވެރިކަން ހޯދޭނެ ގޮތެއް މިހާރަކު ނެތް ކަމުގައެވެ. އަދި އެކަމަކީ އޭނާ އާއި ބައްދަލުވާ އެމްޑީޕީގެ ގިނަ އާއްމު މެމްބަރުންވެސް އިއްތިފާގު ވާކަމެއް ކަމުގައި މޫކޭ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދެން ވެރިކަން ނުލިބޭނެ ކަމަކީ ރައީސް ނަޝީދާއެކު ހެޔޮ އެދިގެން ތިބިގެން ކަމަށް ހެދިގެން ތިބި މީހުންނާއި ރައީސް ނަޝީދަށް ވެރިކަމުގެ ހުވަފެން ދައްކަން ތިބި މީހުންވެސް ގަބޫލު ކުރާ ހަގީގަތެއް ކަމުގައި މޫކޭ ވިދާޅުވިއެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި މެދު ރައީސް ނަޝީދު ހިތުގައި ހަސަދަވެރިކަން އޮންނަލެއް ބޮޑުކަމުން ރައީސް ސާލިހަށް ގެއްލުންދީ ވެރިކަމަށް ބުރުއެރުވުމަށް ރައީސް ނަޝީދު މަސައްކަތް ކުރާ ކަމަށް މޫކޭ ތުހުމަތު ކުރެއްވިއެވެ. އަދި ރައީސް ނަޝީދުގެ މެޖޯރިޓީ ޕާޓީގައި އޮތް ނަމަ ރައީސް ސާލިހު އެކަހެރިކޮށް ނިންމާނެ ކަމުގައި މޫކޭ ވިދާޅުވިއެވެ.
މޫކޭ އިތުރަށް ވިދާޅުވީ ރައީސް ނަޝީދު އަތުގައި ޕާޓީގެ ގައުމީ މަޖިލީހުގެ މެޖޯރިޓީ މިވަގުތު ނެތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތީ ރައީސް ސާލިހު އާ އެކުގައި ކަމަށާއި އެއްވެސް މީހަކު އެމްޑީޕީގެ ވެރިކަން ހަލާކުކޮށްލުމުގެ ވިސްނުމެއް ނެތް ކަމުގައެވެ. އެހެންކަމުން މިހާރު އެމްޑީޕީ މީހާ އަށް އެމްޑީޕީ އެންމެން ވެގެން ކުރިމަސައްކަތެއްގައި ވަކި މީހަކަށް ލިބެންޖެހޭ އެއްޗެއް ނުލިބިގެން ދައުރުގެ މެދުން އިންތިހާބެއް ބާއްވައި ބަރުލަމާނީ ނިޒާމަށް ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަކީ އުނދަގޫ ކަމެއް ކަމަށާއި އެހުރިހާ ކަމެއްގެ މަގްސަދަކީ ވެރިކަން ފުރޮޅާލައި ވެރިކަން ހޯދުން ކަމުގައި މޫކޭ ސިފަ ކުރެއްވިއެވެ.
ރައީސް ނަޝީދަކީ އެމަނިކުފާނު ފިޔަވައި އެހެން މީހަކަށް ވެރިކަން ކުރެވިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ބޭފުޅެއް ނޫން ކަމަށާއި ނަމަވެސް ދިވެހި ރާއްޖޭގައި ރައީސް ނަޝީދަށް ވުރެ ފުރިހަމައަށް ރައީސް ސާލިހު ގެންދަވަނީ ވެރިކަން ކުރައްވަމުން ކަމުގައި މޫކޭ ވިދާޅުވިއެވެ.
ރައީސް ސާލިހަށް ރައްޔިތުންގެ ލޯބި މާބޮޑަށް ލިބޭ ކަމަށާއި ރައްޔިތުންނަށް ކަމުދާ ކަމުގައި ވިދާޅުވެ މޫކޭ ވިދާޅުވީ ރައީސް ސާލިހަކީ ރައީސް ނަޝީދު ގޮތަށް ބޭކާރު ވާހަކަ ދައްކަވައި ބޭކާރު އަނގަތަޅުއްވާ ބޭފުޅެއް ނޫންކަމުގައެވެ.
ރައީސް ނަޝީދަކީ އެއްވެސް އިރެއްގައި ބަލިވާން އެއްވެސް ކަމަކަށް ނިކުންނަވާނެ ބޭފުޅެއް ނޫން ކަމުގައި މޫކޭ ވިދާޅުވިއެވެ. ރައީސް ނަޝީދު ހިސާބުޖައްސަވައި ބަލިވާނެ ކަން ކަށަވަރުކުރެވޭ ހިސާބުން އެހެން މީހެއްގެ ވާހަކަ ދައްކަވާނެ ކަމުގައި މޫކޭ ވިދާޅުވިއެވެ.


One Response
މިއީ ކޮންތާކުން ފާޅުވި ނުދަންނަބޭކަލެއް ބާ؟