އަމީނީ މަގުގައި ތާރުއެޅުމުގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލާއި، ޕްލޭނިންގ މިނިސްޓްރީން ކޯޅެނީ އެކަމަށް އޮތް ބަޖެޓް ބޮޑުވެގެންތޯ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.
ައަމީނީ މަގުނޫން މަގެއްނެތީތަ މާލޭގަ ؟ތާރު ނޭޅިއެއްކަމަކު މަރާމާތުކޮށްލައގެން ހިނގާ،ދުއްވާ، އުޅެވޭނެ މަގުތަކާ ޕޭވްމަންޓްތަކާ ބައިވަރު މާލޭގަ،، ކައުންސިލާ މިނިސްޓްރީއާ އަމީނީމަގުގަ ބައްދަނީ ބަޖެޓުބޮޑީތަ؟
— Moosa Maniku (Reeko) (@ReekoMoosa) July 6, 2022
އަމީނީ މަގުގައި ތާރުއަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ހިންގާ މަޝްރޫއު ޕްލޭނިންގ މިނިސްޓްރީން ވަނީ ރޯޑް ޑިވލަޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފައެވެ. މިކަމާއި ގުޅިގެން މާލެ ސިޓީ ކައުންސިލުން ވަނީ އެއީ އެކައުންސިލަށް ދީފައި އޮތް މަޝްރޫއެއް ކަމަށާއި ނަމަވެސް އެއްބަސްވުން އުވާލާފައިވާކަންވެސް އެނގުމެއްގެތި ބޮޑު އަގެއްގައި އާރުޑީސީ އާއި ހަވާލުކޮށްފައިވާ ކަމަށް ބުނެފައެވެ.
އެއާއެކު ސިޓީ ކައުންސިލާއި ޕްލޭނިން މިނިސްޓްރީއިން ދަނީ ކޯޅެމުންނެވެ. މިކަމާއި ގުޅިގެން މޫސާ މަނިކު ވަނީ އަމީނީ މަގު ނޫން މަގެއް ނެތީތޯ ސުވާލުކުރައްވާފައެވެ. އަދި ތާރު ނޭޅި ނަމަވެސް މަރާމާތުކޮށްލައިގެން ބޭނުންކުރެވޭނެ ކަމަށް ވިދާޅުވެ މޫސަ ވަނީ ސިޓީ ކައުންސިލާއި ޕްލޭނިންގ މިނިސްޓީއާ އަމީނީމަގުގައި ބައްދަނީ ބަޖެޓް ބޮޑުވީމަތޯ ވިދާޅުވެ ސުވާލުކުރަައްވާފައެވެ.
އިދިކޮޅު ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލެ ސިޓީ ކައުންސިލުން ވަނީ އަމީނީމަގު މަރާމާތުކޮށް ތަރައްގީ ކުރުމަށް އާރުޑީސީ އާ ދެމެދު 39 މިލިއަން ރުފިޔާގެ އެއްބަސްވުމެއް ހަދާފައިކަމަށް އެކައުންސިލުން ވަނީ ބުނެފައެވެ. ނަމަވެސް އެ މަސައްކަތް އަތުލައި ޕްލޭނިންގ މިނިސްޓްރީ އިން އާރުޑީސީ އާއި ހަވާލުކޮށްފައިވަނީ 84 މިލިއަން ރުފިޔާއަށެވެ. އެހެން ކަމުން އެކަމަކީ ކޮރަޕްޝަންގެ އަމަލެއް ކަމުގައި މާލެ ސިޓީ ކައުންސިލުން ތުހުމަތުކޮށްފައެވެ.
ނަމަވެސް އާރުޑީސީ އިން ވަނީ އެފަދަ އެއްބަސްވުމެއް ނޯންނާކަމަށް ބުނެފައެވެ.

