ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޑީސީއާއެކު ވެފައިވާ އެގްރީމެންޓުގައި އޮތީ މާލޭގެ ހުރިހާ މަގެއް ތަރައްޤީކުރުން: ސިޓީ ކައުންސިލް

މާލެ ސިޓީކައުންސިލްގެ ޕްރޮޖެކްޓް މެނޭޖަރ
ޝެއާރކޮށްލާ ކަހަލަދޯ؟

އާރުޑީސީއާއެކު ވެފައިވާ އެގްރީމެންޓުގައި ވަކި މަގެއް ހަދަން ނޯންނާނެ ކަމަށާއި، އޮތީ މާލޭގެ ހުރިހާ މަގުތައް ތަރައްޤީކުރުން ކަމަށް މާލެ ސިޓީ ކައުންސިލްގެ ޕްރޮޖެކްޓް މެނޭޖަރ މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ކައުންސިލްގެ 59 ވަނަ ރަސްމީ އާއްމު ޖަލްސާގައި މަގު ހެދުމުގެ މަޝްރޫޢުއާއި ގުޅޭ ގިނަ ތަފްސީލްތަކެއް މަބްރޫކް ވަނީ ހާމަކުރައްވާފައެވެ.

މަބްރޫކް ވިދާޅުވީ ސިޓީ ކައުންސިލާއެކު އާރުޑީސީން ހަދާފައިވާ 13 ސެގްމަންޓުގެ އެގްރީމަންޓުގައި އަމީނީ މަގު ހިމެނޭ ކަމަށެވެ. މިއާއިއެކު އޭނާ ވިދާޅުވީ އާރުޑީސީއާއެކު ވެފައިވާ އެގްރީމެންޓުގައި ވަކި މަގެއް ހަދަން ނޯންނާނެ ކަމަށާއި، އޮތީ މާލޭގެ ހުރިހާ މަގުތައް ތަރައްޤީކުރުން ކަމަށެވެ.

ހަތަރު އަވަށުގައި އިންނާނެ އަމީނީ މަގު. އެހެންވީމަ ހެންވޭރު ދެކުނު ސެގްމަންޓު ހަދާއިރު އަމީނީ މަގު ވަންނާނެ. މާފަންނުގެ އެފަޅިންވެސް ހަމަ އަމީނީ މަގު ވަންނާނެ. އެހެންވީމަ އެއްކޮށް ހަދާ ނިމޭއިރު އަމީނީ މަގުވެސް އޮންނާނީ ހެދިފައި

މަބްރޫކް ވިދާޅުވިއެވެ.

ބުދަ ދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންވަނީ ޤާނޫނާއި ޚިލާފަށް ޕްލޭނިންގް މިނިސްޓްރީއިން އެގްރީމެންޓު ބާތިލުކުރި މައްސަލައިގައި ”ޤާނޫނީ ފަރުވާ ހޯދުމަށް“ ކޯޓު މަރުހަލާއަށް ދިއުމަށް ފާސްކޮށްފައެވެ.

މަބްރޫކް މިހެން ވިދާޅުވެފައި މިވަނީ އާރުޑީސީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލީ މަނިކް އާރުޑީސީއާއި ސިޓީ ކައުންސިލާއި ދެމެދު އެއްބަސްވުމެއް އޮއްވައި، އެ އެއްބަސްވުމުގެ މައްޗަށް އިތުރު އާ އެއްބަސްވުމެއް އެކުލަވާލީކަމަށް ބުނެ މާލީ ސިޓީގެ މޭޔަރ ޑރ މުހައްމަދު މުއިއްޒު އެމްޑީޕީގެ ކައުންސިލް މެމްބަރުންނަށް ވެސް އޮޅިވާލީކަމަށް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ. މޫސާ އަލީ މަނިކް ވިދާޅުވީ ސިޓީ ކައުންސިލާއިއެކު މާލޭގެ ހުރިހާ މަގެއް ހެދުމަށް އެއްބަސްވުމެއްވެފައި ނޯންނާނެކަމަށެވެ. އަދި މޫސާ އަލީ މަނިކް ވަނީ މިފަދަ އެއްބަސްވުމެއް އޮތްނަމަ ސިޓީ ކައުންސިލާއި އާރުޑީސީ އެއްކު ނޫސްވެރިގެންގެ ބައްދަލުވުމެއް ބާއްވާ އެ އެއްބަސްވުން ހާމަކުރުމަށް ގޮވާލާފައެވެ.

މާލެ ސިޓީ ކައުންއިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޔަރު މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މަގުތައް ހެދުމުގެ މަޝްރޫއަކީ، ޕްލޭނިންގް މިނިސްޓްރީއާއި އެކު، މަޝްވަރާ ކުރެވި އެއްބަސްވުމެއް ގާއިމު ކުރެވުމަށްފަހު ހިންގަން ފެށި މަސައްކަތެއްކަމަށެވެ. އެހެންނަމަވެސް، ރޯޝަނީ މަގާއި ހިސާބަށް އެ މަސައްކަތް ކުރިއަށް ގޮސްފައިވަނިކޮށް، ޕްލޭނިންގް މިނިސްޓްރީންވަނީ ފައިސާ ދޫކުރުން ހުއްޓާލީ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ މަގުތައް ހެދުމަށް ޕްލޭނިންގް މިނިސްޓްރީއާއި އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ދޫކުރަން ޖެހޭ ފައިސާތައް އެ މިނިސްޓްރީން ދޫނުކުރާކަމަށް ފާހަގަކޮށް އިތުރަށް ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ، ޕްލޭނިންގް މިނިސްޓްރީން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުންް، ރޯޑް ޑިވެލްޕްމެންޓް ކޯޕަރޭޝަނަށް އެތައް ގެއްލުމެއް ލިބިފައިކަމަށެވެ. އަދި އެ ކުންފުނިންވެސް އެކަމާއި ވިދިގެން މަސައްކަތްތައް ކުރިއަށް ނުގެންދާކަމަށްވެސް، މުއިއްޒު ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކަލޯ ކޮންމެ ވެސް އެކައްޗެއް ކިޔާބަލަ ރޭރުވިޔަސް ބޮޑުވަރު.. މޭޔަރު ބުނަނީ ސޯޅަ މަގޭ ކަލޯ ތި ކިޔަނީ ހުރިހާ މަގެކޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: