ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލޮން މަސްކް ޓްވިޓަރ ނުގަންނަން ނިންމައިފި

އިލޮން މަސްކް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ބިލިޔަނަރު އިލޮން މަސްކް ސާޅީސް ހަތަރު ބިލިއަން ޑޮލަރަށް ޓްވިޓާ ގަތުމަށް ހެދި އެއްބަސްވުމާއި ޓްވިޓާއިން ހިލާފުވެފައިވާ ކަމަށް ބުނެ އެ މުއާމަލާތް އިތުރަށް ކުރިއަށް ނުގެންދިއުމަށް މަސްކް ނިންމައިފިއެވެ.

ބޭރުދުނިޔޭގެ ހަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަސްކް ޓްވިޓަރ ނުގަތުމަށް ނިންމީ އޭނާ އާއި ޓްވިޓަރ އާ ވެފައިވާ އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭންޖެހޭ މައުލޫމާތު ފޯރުކޮށްނުދިނުމުން ކަމަށް އޭނާ ބުނެފައިވެއެވެ.

އީލޮން މަސްކް ޓްވިޓަރ ގަތުމަށް ހުށައަޅާފައިވަނީ އޭޕްރިލް މަހުގެ ތެރޭގައެވެ.  ޓްވިޓަރ އިން ވަނީ އޭނާގެ ހުށައެޅުން ބަލައިގަނެ އެއްބަސްވުމުގައި ސޮއި ވެސް ކޮށްފައެވެ. އިލޮން މަސްކާއި ޓްވިޓަރއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން މަސްކު ބޭނުންވީ ޓްވިޓަރ ބޭނުން ކުރާ ސްޕެމް އަދި ފޭކު އެކައުންޓްތަކުގެ އަދަދު އޮޅުންފިލުވުމަށެވެ.

އެއްބަސްވުމަށްފަހު މެއި މަހުގެ ތެރޭގައި ޓްވިޓަރ ގަތުމުގެ މުއާމަލާތާއި ގުޅުންހުރި ޑީލް ވަނީ ވަގުތީ ގޮތުން ހުއްޓުމަކަށް އައިސްފައެވެ.

ޓްވިޓަރ އާއި އެކު މަސްކު ވެފައިވާ އެއްބަސްވުން ބާތިލު ކުރެވޭނީ 1 ބިލިއަން ޑޮލަރުގެ ޖޫރިމާނާ އެއް ދެއްކުމަށް ފަހުގައެވެ.

މަސްކު އެއްބަސްވުމާއި ހިލާފުވެއްޖެނަމަ ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޓްވިޓަރ އިން ވަނީ ބުނެފައެވެ. ޓްވިޓަރ އިން އޭނާއާއި މެދު ގާނޫނީ ފިޔަވަޅު އަޅައިފިނަމަ އެކުންފުނިން އެއްބަސްވުމާއި ހިލާފުވެ މައުލޫމާތު ފޯރުކޮށް ނުދޭކަން މަސްކު ސާބިތުކޮށްދޭން ޖެހޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: