ލައިގެން ކާނެ އެއްޗެއް ހޯދަން ކުރާ ކަމެއްގެ ގޮތުގައި ދީން ބޭނުންކުރަން ހުއްޓާލަންވެއްޖެކަމަށް ގޮވާލާ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ)، ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ އަށް ރައްދުދެއްވައިފިއެވެ.
ޝެއިޚް އިމްރާން ކޮށްފައިވާ ޓުވީޓުގައިވަނީ އަދާލަތު ޕާޓީން މަޖިލީހުގައި ކުރައްވަމުން ގެންދަވަނީ ވަރަށްވެސް ރަނގަޅު އިލްމީ މަސައްކަތެއް ކަމަށާއި އެ މަ މަސައްކަތުގައި ބަރަކާތްލެއްވުމަށް އެދި ދުޢާ ދަންނަވާފައެވެ. އިމްރާންގެ ޓުވީޓަށް ރައްދުދެއްވަމުން ވައްޑެ ވިދާޅުވީ ރިޔާސީ އިންތިޚާބު ކައިރިވަމުންދާ ވަރަކަށް “ޢިލްމީ ކަރުދާސް“ ނެރޭލެއް ގިނަވާނެކަމަށެވެ. އަދި ރިޔާސީ އިންތިޚާބުތަކާ ދިމާކޮށް “ލައިގެން ކާނެ އެއްޗެއް“ ހޯދަންކުރާ މަސައްކަތެއްގެ ގޮތުގައި ދީން ބޭނުންކުރުން ހުއްޓާލުމަށްވެސް އޭނާގެ ޓުވީޓުގައި ވެއެވެ.
Riyaasee inthihaab kairi vaa varakah mikahala ‘ilmee karudhaas’ nerey leh gina vaane. Riyaasee inthihaab thakaa dhimaakoh ‘laigen kaane echcheh’ hoadhaa kuraa kameh gothugai, dheen beynun kurun mihaaru dhen huttaalan vejje nuntho? https://t.co/H6G44INYpP
— Waddey (@waddey_) July 25, 2022
ހާހަކުން ފަހަރަކު ޓުވީޓެއްކޮށްލާ ޝެއިޚް އިމްރާން ކުއްލިގޮތަކަށް ފުލުފުލުން ޓުވީޓު ކުރަމުންދިޔުމުގައި ފޮރުވިފައިވާ ހަޤީޤީ މަޤްޞަދަކީ ކޮބައިބާއެވެ؟ ފަހަރުގައި އެއީ އިމްރާން ހުރި މަގާމުގެ ގޮތުން އަންނަ ފާޑުކިޔުންތަކުން ސަލާމަތްވުމަށް ބޭނުންކުރި އުކުޅަކަށްވެދާނެއެވެ. ނޫންނަމަ 2023 އަށް އަގު ހިއްލާލުމަށް ކުރެއްވި ކަމަކަށްވެސް ވެދާނެކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ.

