ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ޓުވީޓަކުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ 57 ވަނަ މިނިވަންދުވަހާއި ގުޅިގެން ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް މިނިވަން ދުވަހުގެ ތަހުނިޔާ ދިވެހި ޓުވީޓަކުން ފޮނުވައިފިއެވެ.

ރައީސް ޔާމިން ކޮށްފައިވާ ޓުވީޓުގައިވަނީ މިނިވަންކަންމަތީ ދިވެހިރާއްޖެ އަބަދުގެ އަބަދަށް މިނިވަންކަންމަތީ ލެއްވުމަށް އެދިި ދުޢާދަންނަވާފައެވެ. އަދި ޤައުމުގެ ޚާއިނުން ބަލިކުރައްވާ ޤައުމަށް އުފާ ފާގަތި މުސްތަޤްބަލެއް ދެއްވުމަށްވެސް އެދިފައިވެއެވެ.

ފާހަގަކޮށްލަންޖެހޭ އެއްކަމަކީ ރައީސް ޔާމީން ޓުވިޓާ ބޭނުންފުޅު ކުރައްވަން ފެއްޓެވުމަށްފަހު މި ޓުވީޓަކީ އެމަނިކުފާނު ދިވެހި ބަހުން ކުރެއްވި ފުރަތަަމަ ޓުވީޓެވެ. އާއްމުގޮތެއްގައި އާއްމުންނަށް މާނަ ފަހުމްވުމަށް ދަތިވާފަދަ އިނގިރޭސި ބަސްތަކުން ރައީސް ޔާމިންއައީ ޓުވީޓުކުރައްވަމުންނެވެ. އެކަމާއި ގުޅިގެން އެމަނިކުފާނަށް އާއްމުންގެ ފާޑުކިޔުންތައްވެސް އަމާޒުވެގެން ދިޔައެވެ.

ރައީސް ޔާމިންގެ އިތުރުން އެމްޑީޕީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ މިނިވަން ދުވަހުގެ ތަހުނިޔާ ޓުވީޓަކުން ފޮނުވާފައެވެ.

އެމަނިކުފާނުގެ މިނިވަން ދުވަހުގެ ތަހުނިޔާގެ މެސެޖުގައިވަނީ ދިވެހިންނަކީ އަބަދުމެ މިނިވަންކަމަށް ލޯބިކުރާ ބައެއްކަމަށާއި އެ މިނިވަންކަން ހޯދުމަށް އަދި ދެމެހެއްޓުމަށް ދިވެހިން ޤުރުބާންވާނެކަމަށާއި އެގޮތުގައި އަބަދުވެސް ކުރިއަށްދާނެކަމަށް އެ ޓުވީޓުގައި ވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: