ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ސަރުކާރުން ފައިސާއައް، ދީންވެސް ގުރުބާންކޮއްފި: ސެމްބެ

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ވަނީ ފައީސާއަށްޓަކައި، އިސްލާމް ދީން ގުރުބާންކޮށްފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮދާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ، ނާޒިމް ސައްތާރު، އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުމާއިއެކު، އެ ޕާޓީގެ ތެރޭގައި އުފެދިފައިވާ ބައިބައިވުންވަނީ ބޮޑު ކޯޅުންގަނޑަކަށް ބަދަލުވެފައެވެ. މި ކޯޅުންގަނޑުގެ ތެރޭގައި، ރައީސް ނަޝީދުވަނީ، ރައީސް ސާލިހު، ޒިނޭކޮށް، ރާބޮމުންދާކަމަށް، ތުހުމަތުތަކެއް ކުރައްވާފައެވެ. އަދި ރައީސް ސާލިހު އެފަދަ އަމަލުތަކެއް ހިންގާ މަންޒަރުތަކެއް ފެންނަ، ފޮޓޯއާއި ވީޑިއޯތަކެއްވެސް ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެެ.

އެމްޑީޕީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުންތައް، އެކަކު އަނެކަކަށް ކުރައްވަމުންދާ ތުހުމަތުތަކަށް އިޝާރާތްކުރައްވާ، ހުސައިން ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުގެ ސަަބަބުން، ދިވެހިރާއްޖޭގައި އޮންނަނީ، އިސްލާމީ ދައުލަތެކޭ، ވިދާޅުވާންވެސް ލަދުގަނެފައިވާކަމަށް އެނާ ފާހަގަކުރެއްވިއެވެ. ހުސައިން ވިދާޅުވީ، ދިވެހިރާއްޖައި މިވަގުތު ހިންގަމުންދާ ނޭދެވޭ އަމަލުތަކަކީ، ބަޔަކު މީހުން ރާވައިގެން ހިންގަމުންދާ ކަންކަން ކަމަށެވެ.

ދައުލަތުގެ މުއައްސަސާތަކުގެ ތެރޭގައި ހިމެނޭ ބަޔަކު ރާވައިގެން ދިވެހިރާއްޖޭގެ އިޖްތިމާއީ ފޭރާން ވީދާލުމަށް މަސައްކަތްކުރަމުންދާކަމަށް ފާހަގަކުރައްވާ، ހުސައިން ވިދާޅުވީ، އެފަދަ މަސައްކަތްތަކެއް ހިންގަމުންދާކަން އިންގި ހުރެ، ރައީސް ސާލިހުގެ ސަރުކާރުގައި ތިބި ބަޔަކުވަނީ، ފައިސާތަކެއް ހޯދުމުގެ މަގުސަދުގައި، އެކަމަށް ވާގިވެރިވެ، އިސްލާމް ދީން ގުރުބާންކޮށްފައިކަމަށެވެ. އަދި ރައީސް ސާލިހުގެ ސަރުކާރުން ހިންގާފައިވާ ”ނުބައި ފާހިޝް“ އަމަލުތަކުން އަރައި ނުގަނެވޭނެކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ރައީސް ސާލިހުގެ ސަރުކާރަށް، އިސްވެރިން ހިންގާފައިވާ ނުބައި އަމަލުތަކުން އަރައި ނުގަނެވޭނެކަމަށް ހުސައިން މުހައްމަދު ލަތީފް ފާހަގަކުރެއްވި އިރު، ނާޒިމް ސައްތާރު ހައްޔަރު ކުރި މައްސަލައާއި ގުޅިގެން، ރައީސް ނަޝީދުވަނީ، އެމްޑީޕީގެ އިސް ސަފުގައި ތިބި ފަރާތްތަކަށް ގިނަ ތުހުމަތު ތަކެއް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ، އެ މަނިކުފާނަށް އިންގިގެން، ރާބޮމުންދާ ފަރާތްތަކާއި، ޒިނޭ ކުރަމުންދާ ފަރާތްތަކާއި، ރިޝްވަތު ނަގަމުންދާ ފަރާތްތަކުގެ ވާހަކަތައް ހާމަކުރުމަށް އެ މަނިކުފާނު ގަސްތުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: