ކޮންމެ ދުވަހަކު ގަވާއިދުން ސުކޫލުގައި ނަގާދެވޭ ފިލާވަޅުތައް ބަލާ، ދަސްކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ގާނޫނު ހަދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވީ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށުމާއި ގުޅިގެން ކުރެއްވި މަރުހަބާގެ ޓުވީޓުގައެވެ.
ރައީސް ވިދާޅުވެފައި ވަނީ ކޮންމެ ދުވަހަކު ގަވާއިދުން ސުކޫލުގައި ނަގާދެވޭ ފިލާވަޅުތައް ބަލާ، ދަސްކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށެވެ. ރައީސް ނަޝީދު ވަނީ ކުޅި ވަރު ކުޅެ މަޖާކޮށް އުފާވެރި ކާމިޔާބު އަހަރެއް ކަމުގައި ވުމަށް އެދިފައެވެ.
Thauleemee au aharah marhaba. Konme dhuvahaku qawaidhun school gai nagaadhevey filaavalhuthah balaa dhaskurun e ee enme rangalhu goiy. Namaadhukoh, quran kiyavan vaane. Adhi kulhivaru kulhe majaa koh ufaaveri, kamiyaab ahareh kamugai vumah edhen.
— Mohamed Nasheed (@MohamedNasheed) August 7, 2022
ދިރާސީ އައު އަހަރު ފެށުމާއި ގުޅިގެން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ވަނީ ޅަފަތުން ފެށިގެން ތިމާވެށި ހިމާޔަތްކުރުމާއި އިޤްތިޞާދުކުރުމަށް ދަރިވަރުންނަށް އިލްތިމާސްކުރައްވާފައެވެ.


2 Responses
ޜަނގަޅު ވާހަކައެއްވެސް މީނަ ބުނިއްޔާ ނުވާނެ އަހާކައް، ބަރަކާތް ކެޑިފަ
އެންމެ ރަގަޅުގޮތް އެހެންމީހުނަށް އިނގޭނެ ނަޝީދަށްވުރެބޮޑަށް. ޅވާތު ކުރިޔަސް ނަޝީދުގެ ކޮއްކޮ ވިއްޔާ އެކަންއޯކޭ. އެއީ އެހެންމީހެއްނަމަ ހައްޤުއަދަބުދޭންޖެހޭ. އަޖައިބެއް ނުވާނެތަ؟ ހިނދުކޮޅު އައިސްގެން ބީތާވެފަތަ މީނަމިހުރީ.