ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި ހިތާމަވެރި ވަގުތުގައި ހިމޭންކަމާއެކު ވަގުތު ހޭދަކުރުމަށް އާއިލާއަށް ފުރުސަތު ދޭންޖެހޭ: ޖެންޑާރ

ޝިއާއު މަރާލި ގޭގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރޭގެ ދަންވަރުގެ ވަގުތެއްގައި މާލޭގައި އުމުރުން 22 އަހަރުގެ ޒުވާން އަންހެން ކުއްޖެއްކަމަށްވާ ޝިއާއުއަށް ހަމަލާދީ މަރާލާފައިވުމާއެކު މި ހިތާމަވެރި، އުނދަގޫ ދަނޑިވަޅުގައި އެކަން ތަހައްމަލުކޮށް ހިމޭންކަމާއެކު ވަގުތު ހޭދަކުރުމނަށް ފުރުޞަތު ދިނުމަކީ ކޮންމެ ފަރާތަކުންވެސް މިވަގުތު ކުރުން މުހިއްމު ކަމެއްކަމުގައި ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ ހާދިސާއާއި ގުޅިގެން ޖެންޑާ މިނިސްޓްރީން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައި ވަނީ، ރޭގައި ހިނގައިދިޔަ ރަހުމުކުޑަ މަރު، ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށާއި މިފަދަ ގެވެށި އަނިޔާގެ އަމަލުތަކަކި ބަލައިގަނެވޭނެކަމެއް ނޫންކަމަށް ބުނެފައިވެއެވެ. އަދި މި ޢަމަލާމެދު އެ މިނިސްޓްރީން ކަންބޮޑުވެ، ހިތާމަކުރާކަމަށްވެސް ބުނެފައި ވެއެވެ.

މީގެ އިތުރުން، ކޮންމެ މީހަކަށްވެސް ދިރިހުރުމުގެ ހައްޤު ލިބިފައިވާކަމަށާއި އަދި ކޮންމެ ނަފްސަކީވެސް ރައްކާތެރިކަން ލިބިގެންވާ ނަފްސަކަށް ވާންޖެހޭކަމަށްވެސް އެ ޕޯސްޓުގައި ވެއެވެ.

އަނިޔާވެރި ގޮތަކަށް ޝިއާއު މަރާލާފައި ވަނީ އޭނާގެ ބޮލާއި އަދި އަތްފައި ވަކިކޮށްގެންނެވެ. ހާދިސާ ހިނގަން މެދުވެރިވީ ސަބަބު އަދި ސާފު ނުވާއިރު ރޭ ގަތުލު ހިނގުމުގެ ކުރިން އެ ސަރަހައްދުގައި އުޅޭ މީހުންނަށް ވަނީ އެ ދެ މީހުންގެ ޒުވާބުގެ އަޑު އިވިފަ އެވެ.

މައްސަލައިގައި ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށީންނެވެ. އޭނާ ހައްޔަރު ކުރިކަން ހިއްސާ ކުރުން ފިޔަވައި އިތުރު އެއްވެސް މައުލޫމާތެއް ފުލުހުން ނުދެ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށް ނުދެ އެވެ. މީޑިއާތަކުގެ ސުވާލުތަކަށް ވިދާޅުވީ، މައްސަލައިގެ ވަރަށް ކުރީކޮޅުކަމުން އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

ހަށިގަނޑު ދުށް ބައެއް މީހުން ބުނާ ގޮތުގައި ޝާހިލް ވަނީ ޝިއާއުގެ ހަށިގަނޑު ނައްތާލުމަށް މަސައްކަތްކޮށްފަ އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: