ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެއިލްވެފައިވާ ސަރުކާރެއް ބަދަލު ކުރުމަކީ، ރައްޔިތުންގެ ޒިންމާއެއް: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެއިލްވެފައިވާ ސަރުކާރެއް އޮތް ނަމަ، ރައްޔިތުންގެ ޒިންމާއަކަށް ވާން ވާނީ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ބަދަލު ކުރުން ކަމަށް މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ކުޑަކުއްޖަކަށް ޖިންސީ ފުރައްސާރަތަކެއް ކުރިކަމުގެ ތުހުމަތުގައި ޓީޗަރެއް ހަވަރަށް ދީފައިވާ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައި، އާންމުން ނުކުމެ ގާނޫނު އަމިއްލަ އަތް މައްޗަށް ނެގުން ހުއްޓުވަންޖެހޭކަމަށް ޕްރޮސެކިއުޓާރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެފައިވާ ކަމަށް އިޝާރާތްކުރައްވާ، އާދަމް ޝަރީފް ވިދާޅުވީ، ރާއްޖެވަނީ ބޮއްސުންލާފައިކަމަށެވެ. އަދި އެއްވެސް ބަޔަކަށް ދިވެހިރާއްޖޭގައި ރައްކައުތެރިކަން ކަށަވަރު ނުވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ކުށް ކުރާ މީހުންނަށް ހައްގު އަދަބު ދިނުމަކީ، ސަރުކާރުގެ ޒިންމާއެއް ކަމަށެވެ. އަދި ސަރުކާރުން އަދާކުރަންޖޭހެ ޒިންމާތައް އިންސާފުވެރިކަމާއި އެކު، އަދާ ނުކުރެވޭނަމަ، ގާނޫނީ އިމުގެ ތެރެއިން އެ ވެރިކަމެއް ބަދަލު ކުރުމުގެ ޒިންމާ ރައްޔިތުންގެ މައްޗަށް ލާޒިމްވެފައިވާކަމަށްވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އެހެން ފުރުސަތެއްގައި އާދަމް ސަރީފްވަނީ ދާދި އެއްކަހަލަ ބަހުގެ ހަމަލާތަކެއް ސަރުކާރަށް ރައްދު ކުރައްވާފައެވެ. އެގޮތުން އެނާ ވިދާޅުވެފައިވާގޮތުން، ގާނޫނު ނެގެހެއްޓުމުގައި ސަރުކާރުވަނީ ފެއިލްވެފައިއެވެ. އަދި އަނިޔާކޮށް، މީހަކު މެރިނަމަަވެސް ސަރުކާރުން އަޅާ ނުލާނެކަމަށާއި، އެކި މީހުންގެ މައްޗަށް އިންސާފު ގާއިމު ކުރަނީ އެކި އުސޫލުގެ ދަށުންކަމަށް ދޭހަވާ މޭރުމަކުންވެސް އާދަމް ޝަރީފްވަނީ ފާޑުވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: