ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައްކާ ވާހަކައަކުން، އިސްލާހީ މަސައްކަތެއް ނުކުރެވޭނެ: އިމްރާން

މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދައްކާ ވާހަކައަކުން ނުވަތަ ކުރު މުއްދަތަކުން އިސްލާހީ މަސައްކަތެއް ނުކުރެވޭނެކަމަށް ހޯމް މިނިސްޓާ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުންގެންދަވާ އިމްރާން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ އިސްލާހީ މަސައްކަތަކީ ހަމައެކަނި ވާހަކަދެއްކުމަކުން ނުވަތަ ކުރު މުއްދަތަކުން ވާނެ ކަމެއް ނޫންކަމަށެވެ. އަދި އިސްލާހީ މަސައްކަތްތަކަކީ މަދު މަސައްކަތަކުންވެސް ވާނެކަމެއް ނޫންކަމަށް އިމްރާން ކުރެއްވި ޓުވީޓުގައި ވަނީ ފާހަގަކުރައްވާފައެވެ.

ހެޔޮ ބަދަލެއް ގެނެވޭނީ އެއް އަމާޒަކަށް ދިގު މުއްދަތަކަށް ފޫހިކަމެއް ނުވަތަ ވަރުބަލިކަމެއް ނެތި ކުރެވޭ ގިނަ ބުރަ މަސައްކަތުންކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ.

މީގެ ކުރީގައި އިމްރާން ވަނީ ޓުވީޓެއް ކުރައްވާ ގައުމުގެ ހާލަތު ނުބައިކުރީވެސް އަމިއްލައަށްކަމަށް ވިދާޅުވެފައެވެ.

އިމްރާން ވިދާޅުވީ، ރާއްޖޭގައި ރަނގަޅު ނުވަތަ އިސްލާހު ކުރަން ހުރި ކަންކަން ވަރަށް ގިނަކަމަށެވެ. ނަމަވެސް ހަގީގަތުގައި އެކަންތައްތައް އިސްލާހު ކުރަން މަސައްކަތް ކުރަނީ ކޮން ބައެއްތޯ އިމްރާން ވަނީ ސުވާލުކުރައްވާފައެވެ.

އިމްރާނަކީ ފުލުހުންގެ މުއައްސަސާ އަދި ގާނޫނު ތަންފީޒު ކުރުމުގެ ޒިންމާ އޮތް ގިނަ މުއައްސަސާތަކެއްގެ ބަލަދުވެރި ވަޒީރެވެ. އެހެންކަމުން މިކަންކަމުގެ ޒިންމާ ނަގާ އިސްލާހު ކުރަން ޒިންމާމަތިވެފައިވާ ބޭފުޅަކީ އިމްރާންކަމަށް ފާހަގަކޮށް ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑު ކިޔުން އަމާޒުކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: