ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިޚް ފަޟްލޫން ފުލުހަށް ހާޒިރުވުމަށް އަންގައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވުނު ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކުގައި ބައިވެރިވިކަމަށް ބުނެ ހައްޔަރުކުރުމަށްފަހު ދޫކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އައްޝައިހް ފަޟްލޫން މުހައްމަދު އަނެއްކާވެސް ފުލުހަށް ހާޒިރުވުމަށް އަންގައިފިއެވެ.

މިއަދު ޝައިޙް ފަޟްލޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ތަހްގީގަށް މިއަދު ހާޒިރުވުމަށް އަންގައިފާކަމަށެވެ.

އޭގެއިތުރަށް ފަޟްލޫން ވަނީ ހައްޔަރުގައި ދިގު ދެއްމިޔަސް އަދި ހިތު ހުރި ގޮތަކަށް އަމަލު ކުރި ނަމަވެސް ކެތްތެރިކަން ދެއްވުމަށާއި އަނިޔާވެރިވީ މީހުންގެ މައްޗަށް ނަޞްރު ދެއްވުމަށް އެދި މާތް ﷲ ގެ ހަޟްރަތުން ދުއާ ދަންނަވާފައެވެ.

ޔޫތު މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނާއި އިންޑިއަން ކަލްޗަރަލް ސެންޓަރު ގުޅިގެން މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބޭއްވި މިހަރަކާތް ކުރިއަށްދިޔަ ވަގުތު އެ ތަނަށް ވަދެ ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް ޝެއިޚް ފަޟްލޫން ހައްޔަރުކޮށްފައިވަނީ ޖުލައި މަހުގެ 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އެއަށްފަހު ޝެއިޚްގެ ބަންދުގެ މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރު ކުރުމަށްފަހު، ޖުލައި 21 ވަނަ ދުވަހު ޝަރުތުތަކަކާއިއެކު އޭނާ ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

އެގޮތުން އެ ކޯޓުން ޝަރުތު ކޮށްފައިވަނީ، މާލެއިން އަދި ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމަށާއި, އެޑްރެސް ބަދަލުވެއްޖެނަމަ އެކަން ވެސް އެންގުމަށާއި, ފުލުހުންގެ ތަޙްޤީޤަށް އެއްބާރުލުން ދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: