ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުތަކަށް އަމަލުކުރޭތޯ ސަރުކާރަށް ނުބެލޭނަމަ އޭގެ ބޭނުމެއް ނެތް: އެމްޕީ ޝަފީގް

ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުން ގާނޫނު ހަދައި މިނިސްޓްރީ ތަކުން ގަވާއިދުތައް ހެދިނަމަވެސް ގަވާއިދުތަކާއި ގާނޫނުތަކާއި އެއްގޮތަށް އަމަލުކުރޭތޯ ބެލުމަކީ ވެރިކަމުގައި ތިއްބެވި ފަރާތްތަކުގެ މައްޗަށް ލާޒިމް ކަމެއްކަމަށް ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގައި ކުރިއަށް ދިޔަ ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާޙު ހުށައެޅުމަށް ހުށައެޅި އިސްލާހަށް ވާހަކަ ދައްކަވަމުން މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ގާނޫނާއި އެއްގޮތަށް އަމަލުކުރޭތޯ ބަލަން ސަރުކާރުން ޖެހޭ ކަމަށާއި ނޫންނަމަ ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ވަޒީފާއާއި ބެހޭ ގާނޫނަށް ހުށައަޅާފައިވާ އިސްލާހާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް ހުރިކަން ފާހަގަކުރައްވައި މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ވަޒީފާ އާއި ބެހޭ ގާނޫނަށް މީގެ ދެއަހަރު ކުރިން ކަމަށެވެ.

މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ވަޒީފާއާ ބެހޭ ގާނޫނަށް ކުރިން އިސްލާހު ހުށައެޅި އިރު އޮތީ މިނިމަމް ވޭޖް ލިބޭ ގޮތަށް ކަމަށާއި ވުމާއެކު މި އަހަރުގެ ޖަނަވަރީ މަހު ދިވެހި މުވައްޒަފުންނަށް މިނިމަމް ވޭޖް ދޭން  ފެށުނު ކަމަށެވެ. ނަމަވެސް މިދިޔަ ހަފްތާ ތެރޭގައި މަޖިލީހަށް ހުށައެޅުނު އިސްލާހަކީ ވަޒީފާއާއި ބެހޭ ގާނޫނުގައި އޮތް މާއްދާ އަކަށް އިސްލާހު ހުށައެޅުން ކަމަށާއި އެ އިސްލާހަކީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ދެއަހަރު ދުވަހަަށް މަޑުޖައްސާލުމަށްފަހު މިނިސްޓަރު ކަނޑައަޅާ ދުވަހަކުން ދިނުމާއި ގުޅޭ އިސްލާހެވެ

މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ބިދޭސީންނަށް މިނިމަމް ވޭޖް ދިނުން ލަސްވެގެންދަނީ ކިހާ މުއްދަތަކަށް ކަން އެނގެން ނެތްކަމަށާއި ގާނޫނުގައި އޮތް ބާރު ވަޒީރަށް ލިބޭ ގޮތަށް ހަމަޖެހިގެންދާ ކަމަށެވެ. މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ މިނިމަމް ވޭޖް ބިދޭސީންނަށް ލަސްކުރުމަކީ ދިވެހިންނަށް ވަޒީފާ ލިބުމުގައި ދަތިތަކެއް ހުރިއިރު އެ ދަތިކަން އިތުރަށް ބޮޑުވެ ދިވެހިންނަށް ވަޒީފާ ލިބުން ހަނިވެގެން ދާނެ ކަމަށް ވެދާނެ ތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ދިވެހިންގެ ތެރޭގައި ބައެއް ކަހަލަ ވަޒީފާތަކަށް ދާން ބޭނުންނުވާ މީހުން އުޅޭ ކަމަށާއި އޭގެތެރޭގައި ފިހާރަ ކަހަލަ ވަޒީފާ ތަކުގައި ދުވަސްކޮޅަކު އުޅުމަށްފަހު ގެއްލޭ ވާހަކަ ވިޔަފާރިވެރިން ދައްކާކަމަށެވެ.

މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ފަރާތުން ލިބެމުންދާ ޝަކުވާ އަކީ ސަރުކާރުން ކަނޑައަޅާފައިވާ ރޭޝިއޯ ކަމަށްވާ 45 ޕަސެންޓް ދިވެހިން ރިސޯޓްތަކުގައި ތިބެފައި 55 ޕަސެންޓަށް ވުރެ ބިދޭސީން އިތުރު ނުވާގޮތަށް އޮންނަ އޮތުމަކީ ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައި އޮންނަ މިންގަނޑެއް ކަމަށާއި ނަމަވެސް ބައެއް ރިސޯޓްތަކުގައި ބޭރުމީހުން ގިނަވެފައިވާ ކަމަށާއި އެރިސޯޓްތަކުގައި ބޭރުމީހުންގެ އަދަދު އުޅެނީ 60 އާއި 70 އާ ދެމެދުގެ އިންސައްތައެއް ކަމުގައެވެ.

މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ކަމެއް މޮނިޓަރ ނުކުރެވިއްޖެނަމަ އެކަމެއް އޮންނަނީ ބޮއްސުންލާފައިކަމަށެވެ.

މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ވަޒީފާއާއި ބެހޭ ގާނޫނުގެ 52 ވަނަ މާއްދާ ކަމުގައިވާ ސާވިސްޗާޖު ކަށަވަރުކޮށްދޭ މާއްދާ އަށް އިސްލާހު ހުށައަޅާ ފާސްކޮށްފައިވީ ނަމަވެސް އޭގެ ފުރިހަމަ އަދަދު ނުލިބޭ ޝަކުވާ އަކީ ރިސޯޓް މުވައްޒަފުން ކުރާ ޝަކުވާއެއް ކަމުގައެވެ.

ސާވިސްޗާޖްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ހިދުމަތްތަކުން 10 ޕަސެންޓް ނަގަންވާނެ ކަމަށާއި އެންމެ ގިނަވެގެންވެސް ވެރިފަރާތަށް ސާވިސްޗާޖް ގެ ތެރެއިން ނެގޭނީ 1 ޕަސެންޓް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވިއެވެ.

ސާވިސްޗާޖްގެ ބާކީ އޮންނަ 99 ޕަސެންޓަކީ ސީދާ މުވައްޒަފުންނަށް ލިބެންޖެހޭ އެއްޗެއް ގޮތުގައި ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވިއެވެ.

މީގެ އިތުރުން ވަޒީފާއާއި ބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައި ދިވެހިން ތަމްރީނު ކުރުމަށާއި ދިވެހިން ވަޒީފާ އަދާކުރާ މިންވަރު އިތުރުކުރުމަށްޓަކައި މިނިސްޓްރީގެ ފަރާތުން މަސައްކަތްތަކެއް ކުރަންޖެހޭނެ ކަމަށް ބުނެފައިވާ ކަމަށާއި އެ މާއްދާގެ ށ ގައި ވާ ގޮތުން 50 މުވައްޒަފުންނަށް ވުރެން ގިނަ މުވައްޒިފުން މަސައްކަތް ކުރާ ތަނެއްގައިނަމަ ހިއުމަން ރިސޯސް ނުވަތަ ވަޒީފާއާއި ބެހޭ އެންމެ އިސް މީހަކަށް ހުންނަން ޖެހޭނީ ދިވެއްސެއް ކަމަށް  ގާނޫނުގައި ވާކަމަށް މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވިއެވެ. އަދި އެ މާއްދާގެ ނ ގައި ބުނެފައިވަނީ 50 މުވައްޒަފުންނަށް ވުރެ ގިނައިން މުވައްޒަފުން ތިބޭ ތަނެއް ނަމަ އެ ތަނެއްގެ ސީނިއަރ މެނޭޖްމެންޓްގައި  ތިބެންޖެހޭނީ 60 ޕަސެންޓް ދިވެހިން ކަމަށް މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވިއެވެ. އަދި އެ މާއްދާގެ ރ ގައި ބުނެފައިވަނީ އެންމެ ގިނަވެގެން އެ މާއްދާ އަށް އަމަލުކުރުން ލަސްކުރެވޭނީ ގިނަވެގެން ފަސް އަހަރަށްކަމަށެވެ.

މުހައްމަދު އަބްދުﷲ ޝަފީގް ވިދާޅުވީ ގާނޫނެއް ފާސްކުރުމަށްފަހު އެއަށް އަމަލުކުރަމުންދަނިކޮށް އޭގެ ބައިބަޔަށް އަމަލުކުރަންޖެހޭ ގޮތަށް ހެދުމަކީ އެގާނޫނަކުން ރައްޔިތުންނަަށް ހޯދައިދޭން ބޭނުންވި ފުރިހަމަ މަންފާއެއް ރައްޔިތުންނަށް ނުލިބިދާނެ ކަމެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: