ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިފާން އިމާރާތުގެ ކުއްޔާއި، ޖުރިމަނާގެ ގޮތުގައި ސްޓްރާޑާއިން 1.7 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި އިދިކޮޅު އެކްޓިވިސްޓު ޒާހިދު ރަމީޒް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އެސްޓީއޯ އައިފާން ބިލްޑިން އިން ސްޓްރާޑާ ކުންފުންޏަށް ކުއްޔަށް ދީފައިވާ ބްލޮކްގެ ކުލީގެ މައްސަލާގައި އެ ކުންފުންޏަށް 1.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ސްޓްރާޑާއިން ކުއްޔަށް ހިފާފައިވާ އައިފާން ބިލްޑިންގެ G-A ބްލޮކްގެ މައްސަލާގައި މީގެ ކުރިން ވެސް ކޯޓުން ނިންމުންތަކެއް ނިންމާފައި ވެއެވެ. ސްޓްރާޑާއަކީ ބްރިޖް ވިއު ޕްލެޓްފޯމާއި ޖެހިގެން ނިއުޕޯޓާއި ބޭރުގެ ފްރެންޗައިސް ޗާޓައިމް ހިންގި ކުންފުންޏެވެ. ބްރިޖު ސަރަހައްދުގައި އިމާރާތް ކުރި ”ޗާ ޓައިމް“، ސަރުކާރުގެ ބޭނުމަށް ތަޅައިލުމުގެ ބަދަލު ހޯދަން، ސްޓްރާޑާ ކުންފުނިން ވަނީ މައްސަލަ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.

ޗާޓައިމް ތަޅާލުމުގެ ބަދަލުގައި ކުރީގެ ހައުސިން މިނިސްޓްރީން ސްޓްރާޑާއަށް ދޭން އުޅުނީ 14.4 މިލިއަން ރުފިޔާއެވެ. ނަމަވެސް ކުލި ނުދައްކާ ހުރުމުގެ ސަބަބުން ދައްކަންޖެހޭ ޖުރިމަނާގެ އަދަދު 1.4 މިލިއަން ރުފިޔާ ދައްކަން އަންގައި އެއްބަސްވުން މި ސަރުކާރުން ބާތިލު ކުރީ އެވެ. ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެންގި ނަމަވެސް އެ މައްސަލައިގައި ސްޓްރާޑާއިން ބުނީ، އެ ކުންފުނިން ދައްކަން ޖެހޭ ކުއްޔަށް ވުރެ ގެއްލުމުގެ ބަދަލުގައި ދައުލަތުން ކުންފުންޏަށް ދޭން ޖެހޭ އަދަދު ބޮޑުވާނެ ކަމަށެވެ.

ސްޓްރާޑާއަކީ ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި އިދިކޮޅު އެކްޓިވިސްޓު ޒާހިދު ރަމީޒްގެ ކުންފުންޏެކެވެ. މިހާރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އޭނާގެ އަނބި ކަނބަލުން މަލަކާ އަބްދުލް ހަކީމެވެ.

ކުންފުންޏާއި ދެކޮޅަށް އެސްޓީއޯއިން ހުށަހަޅާފައި ވަނީ އެހެން މައްސަލަ އެކެވެ. އެސްޓީއޯއިން ހުށަހަޅާފައިވާ މައްސަލައިގައި ވަނީ ސްޓްރާޑާ ކުންފުންޏާއި ދެމެދު ވި އެބަސްވުމުގެ ދަށުން، ކޮންމެ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ކުލި ދައްކަން ޖެހޭކަމާއި، އަދި އެ މަހެއްގެ ކުލި ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި ނުދައްކައިފި ނަމަ އެއްބަސްވުން ބާތިލުވާނެކަމަށް ބުނެފައި ވީ ނަމަވެސް އެގޮތަށް އަމަލު ނުކުރާކަމަށް ކަނޑައަޅައި ދިނުމަށެވެ. އަދި އެއްބަސްވުން އެކުލަވާލުމަށް ފަހު، އިމާރާތް ހަވާލު ކުރުމާއި ހަމައަށް ތަނުގެ އެކި ބިލުތަކުގެ ފައިސާ ދެއްކުމަށް ސްޓްރާޑާގެ މައްޗަށް ހުކުމް ކުރުމަށް އެސްޓީއޯއިން ވަނީ އެދިފަ އެވެ. ބައެއް ބިލުތައް ނުދައްކައި ހުރުމުގެ ސަބަބުން، އެއަށް ވާ ޖުރިމަނާ ވެސް ދައްކަން ޖެހޭނީ އެއްބަސްވުމުގެ ދަށުން ސްޓްރާޑާކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި ސްޓްރާޑާއިން ބުނީ، 2019 ގައި 30 ދުވަހުގެ ތެރޭގައި ކުލި ދެއްކުމަށް އެ ކުންފުނީގެ މައްޗަށް ކުރި ހުކުމާއި އެއްގޮތަށް ފައިސާ ދައްކަމުން އައުމަށް ފަހު ކޮވިޑު-19 ގެ ސަބަބުން ދަތިތަކެއް ދިމާވިކަމަށެވެ. އޭގެ ސަބަބުން 2020 އަދި 2021 ވަނަ އަހަރުން ޖުމްލަ 14 މަހުގެ ކުލި ނުދެއްކިވާނެކަމަށް ބުންޏެވެ. މިއީ ކޮވިޑުގެ ސަބަބުން އައި އިގްތިސާދީ ލޮޅުންތަކުގެ މުއްދަތެއްކަމުން ތަނުގެ ކުލި 50 އިންސައްތަ ކުޑަކުރުމަށް ނިންމާފައި ވާތީ އެއީ މަހެއްގެ މައްޗަށް 30،300 ރުފިޔާކަމަށް އެސްޓީއޯއިން ވަނީ ބުނެފަ އެވެ. އަދި ކުލި ނުދެއްކިވާ މަސްތަކުގެ ޖުމްލަ އަކީ 448،039 ކަމަށް މައްސަލައިގައި ޖަވާބުދާރީވަމުން ބުނެފައި ވެއެވެ.

ރައްދުގައި އެސްޓީއޯއިން ބުނީ ސްޓްރާޑާއިން ދައްކަން ޖެހޭ ޖުމްލަ ކުއްޔަކީ 896،0678 ރުފިޔާ ކަމަށެވެ. ނަމަވެސް އެސްޓީއޯއިން ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގޭ ގޮތުގައި، އެ ނިންމުން ހަމައެކަނި ތަންފީޒު ކުރީ 2020، ޖުލައި 01 ވަނަ ދުވަހާއި ހަމައަށެވެ. އަދި އެ ކުންފުނިން ފޮނުވި މެއިލްގައި އެކަން ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ސްޓާރާޑާއިން ބުނެފައި ވަނީ އެފަދަ އެއްވެސް ލިއުމެއް ނުވަތަ ސިޓީއެއް ލިބިފައި ނުވާ ކަމަށެވެ. މި އީމެއިލްއަކީ އެކި މުއާމަލާތްތައް ކުރުމުގައި ބޭނުން ކުރަމުން އައި މެއިލްކަމަށް ކޯޓުގެ ހުކުމުގައި ވެސް ފާހަގަކޮށްފައި ވެއެވެ.

އެއްބަސްވުމާއި އެއްގޮތަށް 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހން ގެށިގެން ސެޕްޓެމްބަރުގެ ނިޔަލަށް ކުލީގެ ގޮތުގައި 1.6 މިލިއަން ރުފިޔާ އާއި ތަން ހަވާލު ކުރާ ދުވަހާއި ހަމައަށް ދައްކަން ޖެހޭ ފައިސާ އެސްޓީއޯއަށް ސްޓްރާޑާއިން ދައްކަން ޖެހޭނެކަމަށް  ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އަދި ކަރަންޓު ބިލުތަކަށް ދަކާއި ފެން ބިލަށް ދައްކަން ޖެހޭ ޖުމްލަ 150،000 ރުފިޔާ ދެއްކުމަށް ވެސް ވަނީ ހުކުމްކޮށްފަ އެވެ.

އެހެން ކަމުން 1.75 މިލިއަން ރުފިޔާ ކުރިޔަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދެއްކުމަށް ސްޓްރާޑާގެ މައްޗަށް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ވަރަށް ގަދަ
63%ވަރަށް ގަދަ 38%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: