އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީ (ޑަބްލިއުޑީސީ)ތަކުގެ ސަބަބުން ކައުންސިލްތަކުން ހޭދަވަނީ ބޭކާރު ފައިސާތަކެއް ކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެ އެވެ.
ޑަބްލިއުޑީސީތައް އުވާލަން ފެނިވަޑައިނުގަންނަވާ ކަމަށް ”ވިޔަވަތި“ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް ސޯލިހް ވިދާޅުވުމާއި ގުޅިގެން އެކަމަށް ރައްދު ދެއްވަމުން ވައްޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ޑަބްލިޔުޑީސީތަކަކީ ކައުންސިލްތަކުގައި އަންހެނުންގެ ކޯޓާ ކަނޑަނޭޅޭއިރުގެ ”އެއްޗެއް“ ކަމަށެވެ.
ޑަބްލިޔުޑީސީތަކަކީ ކައުންސިލްތަކުގައި އަންހެނުންގެ ކޯޓާ ކަނޑަނޭޅޭއިރުގެ އެއްޗެއް. ކޯޓާ ކަނޑައެޅުނީމާ މިހާރު މުހިންމީ ހޮވިފައިތިބި އަންހެން ކައުންސިލަރުންގެ ދައުރު ފުޅާކުރުމަށް އެހީތެރިވުން. ޑަބްލިޔުޑީސީ ބާއްވައިގެން އިތުރުހޭދަ ކުރާވަރަކަށް އުނިވަނީ ކައުންސިލަށް ލިބޭމަދު އާމްދަނީ. https://t.co/mmLtvOt9As
— Waddey (@waddey_) September 13, 2022
އެހެންކަމުން، ކޯޓާ ކަނޑައެޅުމާއެކު މިހާރު މުހިންމީ ހޮވިފައިތިބި އަންހެން ކައުންސިލަރުންގެ ދައުރު ފުޅާކުރުމަށް އެހީތެރިވުން ކަމަށާއި ޑަބްލިޔުޑީސީ ބާއްވައިގެން އިތުރުހޭދަ ކުރާވަރަކަށް އުނިވަނީ ކައުންސިލަށް ލިބޭމަދު އާމްދަނީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
“ވިއަވަތި“ ކޮންފެރެންސްގައި ރައީސް ސޯލިހް ވިދާޅުވެފައި ވަނީ ކައުންސިލްތަކާއި ޑަބްލިއުޑީސީތައް އެއްކޮށްލައިގެން ކުރިއަށްދާން ފެނިވަޑައި ނުގަންނަވާ ކަމަށާއި، ބަދަލުގައި މަސައްކަތް ކުރަންވީ މިހާރު އޮތް ގޮތަށް ކުރިއަށް ދިއުަމށް ކަމަށެވެ.

