އިސްލާމީ ހެޔޮވެރިކަމެއްގެ ސިފަތައް މި ވެރިކަމުން ފެންނަމުންދާ ކަމަށް އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.
މަޝްވަރާ ކުރުމުގެ އަހުލާގު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކިބައިގައި ނެތް ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެން ފާާޑުކިޔާ ފަރާތްތަކަށް ޝިފާއު ވަނީ ރައްދު ދެއްވާފައެވެ.
Baeh beyfulhunah balan udhagooviyas islaamee, heyo verikamehge sifa R @ibusolih ge verikamun kithehme ragalhakahves fenamun dhey.
RY ge verikan esifathakaa beerahtehi vumakee ei Dhivehi rayyithunge kusheh noon.— Mohamed Shifau (@mhshifau) September 14, 2022
އިމްރާންގެ ޓްވީޓަށް ރިޕްލައި ކުރައްވަމުން ޝިފާއު ވިދާޅުވީ ބައެއް ބޭފުޅުންނަށް ބަލަން އުނދަގޫވިޔަސް އިސްލާމީ ހެޔޮ ވެރިކަމެއްގެ ސިފަ ރައީސް ސޯލިހްގެ ވެރިކަމުން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުންދާ ކަމަށެވެ. ”ރައީސް ޔާމީންގެ ވެރިކަން އެސިފަތަކާއި ބީރައްޓެހި ވުމަކީ ދިވެހި ރައްޔިތުންގެ ކުށެއް ނޫން.“ ޝިފާއު ވިދާޅުވިއެވެ.
އިމްރާން އިއްޔެ ވިދާޅުވީ ބައެއް މީހުނަށް ގަބޫލުކުރަން ކިތަންމެ ދަތިވިއަސް ރައީސް ސޯލިހްގެ ކިބައިކަން ކަންމުގައި މަޝްވަރާ ކުރެއްވުގެ އަހްލާގު ހުރި ވަރާ ގާތައްވެސް ރައީސް ޔާމީންގެ ކިބައިގައި އެ ސިފަ ނެތް ކަމަށެވެ. އަދި އެއީ އެ ދެ ބޭފުޅުން ރަނގަޅަށް އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އެނގޭނެ ހަގީގަތެއް ކަމަށްވެސް ހޯމް މިނިސްޓަރ އިމްރާން ވިދާޅުވި އެވެ.
ދެރައީސުންގެ ކިބައިގައި ހުރި މަޝްވަރާގެ ސިފަ އާއި ގުޅޭ ގޮތުން އިމްރާން ޓްވީޓް ކުރެއްވީ ރައީސް ސޯލިހް ކުރައްވަނީ ކީރިތި ގުރުއާނުގައި އަންގަވާފައިވާ ފަދަ، އަދި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّمَ ކުރެއްވި ފަދަ ހެޔޮ ވެރިކަމެއް ކަމަށް އިމްރާން ވިދާޅުވުމުން ކުރިމަތިވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

