ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގަސް މަޝްރޫޢު ކުރިއަށް ގެންދެވޭނީ އާމްދަނީއެއް ލިބިގެން: މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ގަސް އިންދުމުގެ މަޝްރޫ ކުރިއަށް ގެންދެވޭނީ އެކަމުން ސިޓީ ކައުންސިލަށް އާމްދަނީއެއްވެސް ލިބިގެންކަމަށް މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާގައި މާލެ ފެހި ކުރުމުގެ ނަމުގައި ކުރިއަށް ގެންދާ ގަސް އިންދުމުގެ ޕްރޮގްރާމަށް އަލިއަޅުވައި މުއިއްޒު ވިދާޅުވީ، އެ މަޝްރޫޢު މިހާތަނަށް ކުރިއަށް ގެންގޮސްފައިވަނީ ކައުންސިލުގެ ބަޖެޓުންކަމަށެވެ. އަދި އެ މަސައްކަތަކީ ދިގު ރާސްތާ މަޝްރޫޢަކަށް ވާންޖެހޭކަމަށްވެސް އެނާ އިޝާރާތްކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ، މާލެ ސިޓީއަށް ފެހިކަން ގެނުވާ މަޝްރޫޢެއްގެ ގޮތުގައި ގަސް އިންދުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެކަން ކުރެވެން ޖެހެނީ ”ސެލްފް ސަސްޓެއިނިންގް މޮޑެލް“ އެއްގެ ތެރެއިންކަމަށެވެ. އަދި މާލީ ގޮތުން ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހޭކަމަށާއި، އަބަދު ހަރަދުތަކެއް ނުކުރެވޭނެކަމަށް ވެސް މޭޔަރ މުއިއްޒު ވިދާޅުވިއެވެ.

އެނާ ވިދާޅުވީ، ގަސް އިންދުމުގެ މަސައްކަތްތައް ކުރިއަށް ގެންދެވޭނީ މަޝްރޫޢު މެދުވެރިކޮށް ސިޓީ ކައުންސިލަށް އާމްދަނީއެއް ލިބި، އެ ލިބޭ ފައިސާއަކުން ހަރަދުކޮށްގެންކަމަށެވެ. އަދި އެގޮތުގެ މަތިން ކުރިއަށް ގެންދިއުން އެކަށީގެންވާކަމަށް ދެކޭކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.

މުއިއްޒު ވިދާޅުވީ، ގަސް އިންދުމުގެ މަޝްރޫޢު ކުރިއަށް ގެންދިއުމަށް އާމްދަނީ ހޯދަން ކުރެވިދާނެ މަސައްކަތްތައް އެބަ ހުރިކަމަށެވެ. އެގޮތުން ނާސަރީ ގޮތުގައި ތައްޔާރުކުރާ ސަރަހައްދުގައި އާމްދަނީ ލިބިގެންދާނެ ގޮތަކަށް ގޭގޭގައި ގަސް އިންދުމަށް ބޭނުންވާ ފަރުދުންނަށް އެތަކެތި ވިއްކާނެ އުސޫލެއް ކަނޑައެޅިދާނެކަމަށެވެ.

އެނާ ވިދާޅުވީ، އެކަން ކުރަންޖެހޭނީ ވިޔަފާރިއެއްގެ ބަދަލުގައި މާލެ ފެހި ކުރުމުގެ މަގުސަދުގައިކަމަށެވެ. އެހެންކަމުން ފިހާރައެއް ހިންދުން ފަދަ މަސައްކަތަކުން އާމްދަނީއެއް ހޯދުން އެކަށީގެންވާކަމަށް ދެކިވަޑައިގަންނަކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، ރިންގު ރޯޑުގައި ޖަހާފައިވާ ރުއްތަކުގެ ވަށައިގެން ހަދާފައިވާ ޓްރީ ޕިޓުތަކުގެ ބޭނުންވެސް ޒަމާނީ ގޮތެއްގެ މަތިން ހިފަންޖެހޭކަމަށެވެ. އަދި މާލެ އަކީ ޑިޖިޓަލް ތަނަކަށް ހެދުމަށް އަމާޒު ހިފާފައިވާކަމަށް އިޝާރާތްކުރައްވާ އެނާ ވިދާޅުވީ، ޑިޖިޓަލް ސައިން ބޯޑުތަކެއް ހަރުކުރަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައި އެކަމުން ސިޓީ ކައުންސިލަށް އާމްދަނީއެއް ލިބޭ ގޮތަކަށް އިންތިޒާމު ކުރުމަކީވެސް ކުރެވޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ކައުންސިލުގެ ބޭނުމަށް ރަށް ރަށުން ބިން ހޯދުމަކީވެސް ކުރެވިދާނެކަމެއް ކަމަށެވެ. އަދި އެކަމުންވެސް ގަސް ޕްރޮގްރާމްވެސް ފުޅާ ކުރެވިދާނެކަމަށް އެނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: