ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިއްހީ ދާއިރާގެ ލޯނުގެ ތަފާސް ހިިސާބުތަކާއިބެހޭ މައުލޫމާތު ތަރުޖަމާނު އަތުގައިނެތް

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ސިއްހީ ދާއިރާ އިން ލޯންނެގި މިންވަރާއި ލޯނުގެ އަދަދުތަކާއި ހިސާބުތަކުގެ މައުލޫމާތަކީ ޓެކްނިކަލް ޑީޓެއިލްތަކެއް ކަމަށް ވުމާއެކު އެ ތަފްސީލު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓްގައި ހުންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ”ސަންގުން“ ސިއްހީދާއިރާގައި މިހާތަނަށް ނެގިލޯނުތަކާއި ލޯނުނެގުނު ގޮތުގެ އިންޓްރެސްޓާއި އަތޮޅުތެރޭގައި މިހާތަނަށް ނިމިފައިވާ ސިއްހީ މަރުކަޒު އަދި ހޮސްޕިޓަލްގެ މައުލޫމާތާއި ގުޅިގެން ކުރި ސުވާލުގެ ޖަވާބުގައި މިއުވާން ވިދާޅުވީ ރާއްޖޭގެ ރަށްތަކުގައި ގާއިމްކުރާ ހޮސްޕިޓަލުތަކުގެ ތެރެއިން އެއްވެސް ހޮސްޕިޓަލެއް މިވަގުތު ނިމިފައިނެތް ކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ތެރެއިން ރާއްޖޭގެ ފަސް ސަރަހައްދުގައި މެދުނުކެނޑި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށާއި ހޮސްޕިޓަލް ގިންތިކޮށްފައިވާ މިންގަޑަށް ހިދުމަތް ދިނުމަށް އެ ހޮސްޕިޓަލްތައް އޮޕްޓިމައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އެ ފަސް ސަރަހައްދުގެ ތެރޭގައި ހިމެނެނީ ހދ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ ގަމު ރީޖަނަލް ހޮސްޕިޓަލާއި ގދ ތިނަދޫގެ އިތުރުން ސ އަތޮޅުގެ ހޮސްޕިޓަލްތަކެވެ.

އެގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި ސީޓީ ސްކޭން ހިދުމަތާއި މޮބައިލް އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތާއި ލެބޯޓްރީ ޑައިގްނޯސްޓިކްސް އާއި އެމްއާރު އައިގެ ހިދުމަތުގެ އިތުރުން ޑެންޓަލް އޯޕީޑީއާއި މެމޮގްރަފީގެ ހިދުމަތް ރާއްޖޭގެ ފަސް ސަރަހައްދެއްގެ ރީޖަނަލް  ހޮސްޕިޓަލްތަކުން ލިބިގެންދާނެ ގޮތަށް މަސައްކަތް ކުރަމުންދާ ކަމަށް މިއުވާން ވިދާޅުވިއެވެ.

މިއުވާން ވިދާޅުވީ  އަތޮޅު ތެރޭގައި ހުރި ރީޖަނަލް ހޮސްޕިޓަލްގައި ސިއްހީ ހިދުމަތް ތަރައްގީކުރެވުމާއެކު ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވެފައި އޮންނަ އޮތުން ނިމުމަކަށް  އަންނާނެ ކަމަށެވެ.

މިއުވާން ވިދާޅުވީ އާއްުމުގޮތެއްގައި ރަށްރަށުން އެންމެ ބޮޑަށް ދިމާވަނީ ސިއްހީ ހިދުމަތް ހޯދުމަށް އެންމެ ބޭސިކް ހެލްތް ކެއަރ އަށް މާލެ އަންނަން ޖެހުން ކަމަށާއި އެކަން ނިމުމަކަށް އަންނާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: