ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުވާ މަޖިލިސް އެކުލަވާ ނުލެވުން: ރައީސް ގާނޫނާއި ހިލާފުވީތޯ ކުރި ސުވާލަށް ތަރުޖަމާނުގެ ޖަވާބެއް ނެތް!

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ދީނީ ކަންކަމުގައި ލަފާދޭ މަޖިލިސް ކަމަށްވާ ފަތުވާ މަޖިލިސް އެކުލަވާނުލެވި ލަސްވާ ސަަބަބު ބަޔާންކޮށްދިނުމަށް ރައީސް އޮފީހުން އުޒުރުވެރިވެއްޖެއެވެ.

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކޮށް އެކަމުގެ ހަރަކާތްތައް ސަރުކާރުން ކުރިޔަށް ގެންދިއުމުން ވެސް، އެކަމާއި ގުޅުވައި ފަތުވާ މަޖިލީހުގެ ބަހެއް ނުލިބުނީ އެ މަޖިލީހުގެ މެމްބަރުން ނެތުމުގެ ސަބަބުން ކޯރަމް ހަމަނުވާތީ އެވެ. ގާނޫނުގައި ބުނާ ގޮތުން ފަތުވާ މަޖިލީހުގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި ހުރިހާ މެމްބަރުންގެ ވެސް ދައުރު ހަމަވެ، މިވަގުތު ހުންނެވީ ފަތުވާ ފަތުވާ މަޖިލީހުގެ ރައީސް ޑރ. މުހައްމަދު ރަޝީދު އިބްރާހީމެވެ.

ފަތުވާ މަޖިލީސް އެކުލަވާލަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އަދި މަޖިލީހުގައި ތިއްބަވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ހަތަރު މެމްބަރަކާއި، މިނިސްޓަރުގެ ލަފާގެ މަތީން އައްޔަނު ކުރާ މެމްބަރެކެވެ.

މި މަޖިލީހަށް މެމްބަރުން އައްޔަނު ކުރުން ލަސްވާ ސަބަބާއި މެދު އުފެދޭ ސުވާލަށް، މީގެ ކުރިން ސަރުކާރުން ބުނީ މަސައްކަތް ކުރަމުން ދަނީ ފިގުހުު އެކަޑަމީ އެކުލަވާލުމަށް ކަމަށެވެ. ނަމަވެސް އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ ބައްދަލުވުމެއްގައި އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ފިގުހު އެކަޑަމީ އެކުލަވާލެވެން ދެން، ފަތުވާ މަޖިލީހަށް މެމްބަރުން އައްޔަނު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

ފަތުވާ މަޖިލީހުގެ މެމްބަރުންގެ ދައުރު ހަމަވާތާ 30 ދުވަހުގެ ތެރޭގައި އައު މެމްބަރުން އައްޔަނު ކުރަން ޖެހޭނެކަމަށް ބުނެފައި ވީ ނަމަވެސް އަދި މިހާތަނަށް އެގޮތަށް އަމަލު ނުކުރެ އެވެ. އަދި ގާނޫނުގައި ބަޔާން ކުރާ ގޮތަކަށް އަމަލު ނުކުރުމަކީ އެއީ ރައީސުލްޖުމްހޫރިއްޔާ ގާނޫނާއި ހިލާފުވުންތޯ ސުވާލު ކުރުމުން ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ފަތުވާ މަޖިލީހުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެކަމުގައި އިސްލާމިކް މިނިސްޓްރީގެ މަޝްވަރާ ލިބެމުންދާ ކަމަށްވެސް މިއުވާން ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ޕްރެސްއެއްގައި މިއުވާން ވިދާޅުވެފައި ވަނީ ސަރުކާރުގެ ވިސްނުމަކީ ފަތުވާ ކޮމިޓީގެ މަސައްކަތްތައް ފިގުހު އެކަޑެމީ އާއި ހަވާލު ކުރުން ކަމަށާއި، މެނިފެސްޓޯގައި ފިގުހު ކޮމިޓީގެ ވާހަކަ ވެސް ހިމަނާފައިވާނެ ކަމަށެވެ. އެހެންވެ، އެ މަސައްކަތަށް ދީނީ އެއްބައިވަންތަކަން ހިޔާމަތް ކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް މީގެ ކުރިން މިއުވާން ވިދާޅުވި އެވެ.

ފިގުހު އެކަޑަމީ އެކުލަވާލުމަށް ގާނޫނަށް ބަދަލުތަކެއް ގެންނަން ޖެހޭއިރު އެކަމަށް ބަންޑާރަ ނައިބުގެ އޮފީހާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެމެދު މަޝްވަރާތަކެއް މިހާރު ދަނީ ކުރަމުންނެވެ. ފިގުހު އެކަޑަމީގައި ތިބެނީ ފަސް މެމްބަރުން ނަމަވެސް އިސްލާމިކް މިނިސްޓްރީން ބުނި ގޮތުން މިވަގުތު ހުރި ވިސްނުމަކީ 20 މެމްބަރުންގެ އެކަޑަމީއެއް އުފައްދައި ދިރާސާ ކުރެވޭނެ މަގެއް ހޯދުމެވެ. އަދި ގިނަ މެމްބަރުންނަށް ދިރާސާގައި ބައިވެރިވެވުމުގެ ސަބަބުން އޭގެއިން ނިކުންނަ ނަތީޖާ ވެސް ރަނގަޅުވާނެކަމަށް ވަނީ ބުނެފަ އެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: