ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެފްއޭއެމްގެ ނުދައްކާ ހުރި ކަރަންޓު ބިލުތައް 6.5 މިލިއަނަށް: އެންމެފަހުން ޖެހުނީ ކަރަންޓު ކަނޑާލަން!

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކަރަންޓު ބިލުތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުމަށް ތަކުރާރުކޮށް، އެންގުމުން ވެސް ބިލުތަކަށް ފައިސާ ދައްކާފައި ނުވާތީ ފުޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ކަރަންޓުގެ ހިދުމަތް ކަނޑާލައިފި އެވެ.

އެފްއޭއެމް ހައުސްގެ ކަރަންޓު ކަނޑާލައި، މީޑިއާތަކަށް މައުލޫމާތު ދެމުން ސްޓެލްކޯއިން މިއަދު ބުނީ އެ އެސޯސިއޭޝަނުން ކުންފުންޏަށް ދައްކަން ޖެހޭ ފައިސާތައް ދެއްކުމަށް ތަކުރާރުކޮށް އެކި ފަހަރު މަތީން އަންގައި ފުރުސަތުތަކެއް ދިން ކަމަށެވެ. ނަމަވެސް ސްޓެލްކޯގެ އެންގުންތަކާއި، ސިޓީތަކަށް އެފްއޭއެމްގެ އެއްވެސް އެއްބާރުލުމެއް ނުލިބޭކަމަށް ސްޓެލްކޯއިން ބުންޏެވެ.

އެހެން ބައެއް އިމަރާތްތަކުގެ ބިލުތައް ވެސް ނުދައްކާ ހުރުމުގެ ސަބަބުން، ފައިސާ ނުދައްކާ ނަމަ އެ އޮފީސްތަކުގެ ކަރަންޓުގެ ހިދުމަތް މެދުކަނޑާލާނެކަމުގެ އިންޒާރު ވެސް ސްޓެލްކޯއިން ވަނީ ދީފަ އެވެ.

މިކަމާއި ބެހޭ ތަފްސީލުތައް ހިއްސާކޮށް، ސްޓެލްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވީ 2019 ގެ ސެޕްޓެމްބަރުން ފެށިގެން މި އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އެފްއޭއެމްއިން އެއްވެސް ކަރަންޓު ބިލެއް ދައްކާފައި ނުވާ ކަމަށެވެ. އެހެންކަމުން ޖޫރިމަނާއާއި އެކު އެ އެސޯސިއޭޝަނުން ސްޓެލްކޯއަށް ދައްކަން ޖެހޭ ފައިސާގެ އަދަދު 6.5 މިލިއަން ރުފިޔާއަށް އަރާކަމަށް އޭނާ ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ ބިލުތަކުގެ ފައިސާ ދެއްކުމަށް އެކި ފަހަރުމަތީން އަންގައި އެ ފައިސާ ދެއްކޭނެ ގޮތުގެ ޕްލޭނެއް ހުށަހެޅުމަށް ވެސް ފުރުސަތުތަކެއް ދިން ކަމަށެވެ. ނަމަވެސް އެކަމަށް ވެސް އެސޯސިއޭޝަނުން މާބޮޑު އެއްބާރުލުމެއް ނުލިބުނުކަމަށް އޭނާ ވިދާޅުވި އެވެ.

އެފްއޭއެމްގެ ކަރަންޓުގެ ހިދުމަތް މެދުކަނޑާލި އިރު، އެ އެސޯސިއޭޝަނުގެ އިމާރާތް ބާވުމުގެ ސަބަބުން ޗާނދަނީ މަގުގެ އިމާރާތަކަށް ވަނީ ބަދަލުކޮށްފަ އެވެ. ދެން ތަނުގެ އެހެނިހެން މަސައްކަތް ކުރިޔަށް ދަނީ، ގަލޮޅު ދަނޑުގެ ބައެއް އޮފީސްތަކުގަ އެވެ.

ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާ އެފްއޭއެމްއިން، މެނޭޖަރުންނާއި ކޯޗުން އަަދި ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލަ ވެސް ވަނީ ބޮޑުވެފަ އެވެ. އަދި ގައުމީ ޓީމު މޮޅުވި މެޗަކުން، ކުޅުންތެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ދާދިފަހުން އެ މައްސަލަ ވެސް މީޑިއާތަކުގައި ފެންމަތިވި އެވެ.

އަހަރު ނިމުމަކާއި ގާތްވީއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުވައްސަސާތަކުން ކަރަންޓު ބިލުތައް ނުދައްކާ މައްސަލަ ވަނީ ބޮޑުވެފަ އެވެ. އެގޮތުން ދާދި ފަހުން ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ނުދައްކާ ހުރި ކަރަންޓު ބިލުތައް 80 މިލިއަނަށް އަރާކަމަށް ސްޓެލްކޯއިން ވަނީ މައުލޫމާތު ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: