ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެފްކޫލް ފެސްޓް ޕްރޮމޯޝަން ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރެފްކޫލް އިން ވޯލްޑްކަޕާއި ދިމާކޮށް ރެފްކޫލް ފެސްޓްގެ ނަމުގައި ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަން ގެ ދަށުން ޖޭވް އެންޑްރޮއިޑް ޓީވީ އާއި ޖޭބީއެލް އާއި ހާރމަން ކާޑަންގެ ސައުންޑް ބާރ އާއި ޕޯޓެބަލް ސްޕީކަރސް އިން ޑިސްކައުންޓް ލިބޭނެ ކަމަށް ރެފްކޫލްއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ބައެއް ހޯމް އެޕްލަޔަންސް ޕްރޮޑަކްޓް ތަކުން ވެސް 40 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެން ދާނެ ކަމަށް ރެފްކޫލް އިން ވަނީ ބުނެފައެވެ.

މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން 3 ވަނަ ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށްދަނީ ލެޓްސްކޫލް ހުޅުމާލޭގައި ހުންނަ ފިހާރަ ކުރިމަތީގައެވެ.

ޕްރޮމޯޝަންގައި ބައިވެރިވުމަށް ރެފްކޫލް ފިހާރައަށް ގޮސް ކިޔުއާރު ކޯޑް ސްކޭން ކޮށްލުމުން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ރެފްކޫލްއިން ވަނީ ބުނެފައެވެ.

ރެފްކޫލްގެ ޕްރޮމޯޝަނުން ގުރުއަތުން ހޮވޭ ނަސީބުވެރި ފަރާތަކަށް 43 އިންޗީގެ ޖޭވް ޓީވީ އެއް ލިބިގެން ދާނެއެވެ.

ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި ކޮންމެ ދުވަހެއްގެ ހަވީރު 4 އިން 6 އަށް އަދި ރޭގަނޑު 8 އިން 10 އަށް  ޕްރޮމޯޝަންގެ ދަށުން ތަކެތި ލިބިގެން ދާނެ ކަމަށް ރެފްކޫލް އިން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: