ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެން ދައުވާ ނުކޮށް ބަންދުގައި ތިން މަސް ވަންދެން ބެހެއްޓޭނެ!

ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ މައްސަލައިގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޝާމިލުވާކަމުގެ ތުހުމަތަށް ހައްޔަރު ކުރާ މީހުންގެ މައްޗަށް ދައުވާ ނުއުފުލައި ތިން މަސް ދުވަސް ވަންދެން ބަންދުގައި ބެހެއްޓޭ ގޮތަށް ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މިއީ ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ލިބޭ މުއްދަތު ތިން މަހަށް އިތުރު ކުރުމުގެ ފުރުސަތު ލިބޭނެ އިސްލާހެކެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގު ކުރެއްވުމާއި އެކު، ދައުވާ ނުކޮށް ތިން މަސް ވަންދެން ކުށުގެ ތުހުމަތު ކުރެވޭ މީހާ ބަންދުގައި ބެހެއްޓޭނެ އެވެ.

ގާނޫނުގައި މިހާރު އޮންނަ ގޮތުގައި، ފުލުހުންނަށް ޓެރަރިޒަމްގެ މައްސަލަތައް ފިޔަވައި ޖިނާއި އެހެނިހެން ބޮޑެތި މައްސަލަތަކުގައި ގިނަވެގެން ލިބޭނީ 75 ދުވަހެވެ. އަދި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނަށް ގެނައި އިސްލާހުން، އެ ގާނޫނުގެ ދަށުން ހައްޔަރު ކުރާ މީހެއް ނަމަ އެ މީހެއްގެ މައްސަލަތައް ތަހުގީގު ކުރުމަށް 90 ދުވަސް ލިބޭނެ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި، ބިލަށް ބައެއް އިސްލާހުތަކެއް ކޮމިޓީ މަރުހަލާގައި ގެނެސްފައި ވެއެވެ. އެއަށް ފަހު ކޮމިޓީގެ ރިޕޯޓާއި އެކު ބިލު މަޖިލީހުން ފާސް ކުރީ 56 މެމްބަރުންގެ ވޯޓާއި އެކު އެވެ.

މި ބިލު ފާސް ކުރުމުގެ ކުރިން، ބަންދުގައި އެ މީހަކު ބެހެއްޓުމަށް އަމުރު ކުރާ ހިސާބުން އެ ދުވަހުން ފެށިގެން މައްސަލައެއްގެ ތަހުގީގު ނިންމައި 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ޖެހޭނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ތަހުގީގު ފުރިހަމަ ނުކުރެވިއްޖެ ނަމަ، މުއްދަތު ޖުމްލަ 45 ދުވަހަށް އިތުރުކޮށް ދިނުމުގެ ބާރު ޕްރޮސެކިއުޓާރ ޖެނެރަލަށް ލިބިގެންވެ އެވެ.

ސަރުކާރުން ހުށަހެޅި ބިލުގައި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ވަގުތު އިތުރަށް ދިގުދަންމަން ބޭނުން ވާނަމަ އެ މުއްދަތު އިތުރު ކުރުމުގެ ބާރު ޕީޖީއަށް ލިބިގެން ވެއެވެ. އެއީ 45 ދުވަސް 60 އަށް އިތުރު ކުރުމަށެވެ. ނަމަވެސް ކޮމިޓީން އެގޮތަށް ފާސް ކުރިއިރު ބައެއް ޝަރުތުތަކެއް ކަނޑައަޅާފައި ވެއެވެ. އެއީ ޕީޖީން ތަހުގީގުގެ މުއްދަތު އިތުރުކޮށް ދޭއިރު، އެގޮތަށް އަމަލު ކުރެވޭނީ ފަހަރަކު 15 ދުވަހަށް ވުރެ އިތުރު ނުވާގޮތަށް ކަމަށެވެ.

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، މަރުގެ މައްސަލަތަކާއި ޖިންސީ ގޯނާގެ މައްސަލަތައް އަދި މަނީ ލޯންޑްރިން އާއި މީހުން ޓްރެފިކް ކުރުން އަދި މަސްތުވާތަކެތީގެ މައްސަލަތަކާއި ނުރައްކާތެރި މާރާމާރީގެ މައްސަލަތަކެވެ. އަދި ފައިސާގެ ބޮޑެތި އަދަދުތަކުގެ މުއާމަލާތުގެ މައްސަލަތަކުގެ އިތުރުން، އެ ކުށަކަށް 10 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ކަނޑައަޅާފައިވާ ކޮންމެ ކުށެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: