ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ މައްސަލަ ހޫނުވެފައި ވަނިކޮށް، މުލިއާގޭގައި މިރޭ ޕީޖީގެ އިތުރު ބައްދަލުވުމެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލު، މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް ތަޅުމަށް ހުށަހެޅުމުން ވެސް ބިލަށް ވޯޓަށް ނާހާ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އާއި އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ އިތުރު ބައްދަލުވުމެއް މިރޭ ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.

ޓެކްސް ބޮޑު ކުރާ ސަބަބާއި މެދު ތަކުރާރުކޮށް ސުވާލު އުފައްދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފާނާއި އަރިސް މެމްބަރުން ގެންދަވަނީ، މި މައްސަލައިގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ބިލުގެ މަސައްކަތް މުޅި މަޖިލީހުގެ ކޮމިޓީން ނިންމައި، އިއްޔެ ތަޅުމަށް ހުށަހެޅުމުން ވޯޓަށް ނާހައި ޖަލްސާ ނިންމާލާފައި ވަނީ ކޯރަމް ހަމަނުވާކަމަށް ބުނެ އެވެ. އެ މައްސަލަ ވެސް ހޫނުވެ، މެމްބަރުން ވަނީ ރިޔާސަތުން މަޖިލީހުގެ ގަވައިދާއި ހިލާފުވަމުންދާކަން ފާހަގަކޮށް އަޑުގަދަކޮށްފަ އެވެ. އޭރު ރިޔާސަތުގައި އިންނެވީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފެވެ.

އާއްމު ގޮތެއްގައި ވޯޓަށް އަހާ ގަޑިއަކީ 13:00 އަށްވުމާއި އެކު ރިޔާސަތުގައި ހުންނެވި ރައީސް ނަޝީދު ޓެކްސް ބިލު ފިޔަވައި އެހެން ހުރިހާ ބިލުތަކަށް ވޯޓަށް މިއަދު އެއްސެވި އެވެ. އެއަށް ފަހު ޖަލްސާ ނިންމަވާލެއްވި އެވެ. އެއާއި އެކު އަނެއްކާވެސް ރައީސް ސޯލިހާއި އަރިސް މެމްބަރުން، އަޑުގަދަ ކުރައްވައި، ރައީސް ނަޝިދު ބޭނުންވާހާ ގޮތަށް މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ނުގެންދެވޭނެކަމަށް ބުންޏެވެ.

މި މައްސަލައިގައި ޖަލްސާ ނިންމާލުމަށް ފަހު، މެމްބަރުން ވަޑައިގަތީ މުލިއާގެއަށް ރައީސާއި ބައްދަލު ކުރުމަށެވެ. ޕާލިމަންޓު ގުރޫޕުގެ މެމްބަރުންގެ ހުށަހެޅުމަކަށް ވީ، މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ދުރު ކުރުމަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށެވެ. ނަމަވެސް ރައީސް އެންގެވީ، އިހަށް އެ މަސައްކަތް މަޑުޖައްސާލުމަށެވެ.

ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައި، އެމަނިކުފާނު މަޖިލީހުގެ ރައީސްކަމުން ވަކި ކުރުމަށް ރައީސް ތާއީދު ކުރާކަމެއް ސާފެއް ނޫނެވެ. ނަމަވެސް، މެމްބަރުންގެ ވާހަކަތަކަށް ހަމައެކަނި އެންގެވީ، އަދި އެ މަސައްކަތް ނުފެށުމަށެވެ.

މިއަދުގެ ބައްދަލުވުމަށް ފަހު، މިރޭ އަނެއްކާވެސް އިތުރު ބައްދަލުވުމެއް ކުރިޔަށް ގެންދާ ސަބަބެއް ސާފެއް ނޫނެވެ. ނަން ނުޖެހުމަށް ޝަރުތުކޮށް ރައީސާއި އަރިސް މެމްބަރަކު ވިދާޅުވީ މިރޭ ވެސް އޮތީ މަޖިލީހުގެ ގަވައިދާއި ހިލާފަށް ރައީސް ނަޝީދު ޓެކްސް ބިލަށް ވޯޓަށް ނާއްސަވާ މައްސަލައަށް ހައްލެއް ހޯދުމުގެ މަޝްވަރާ އެވެ.

ސަންގު ނޫހާއި ވާހަކަ ދެއްކި މެމްބަރު ވިދާޅުވީ، ގިނަ މެމްބަރުން ބޭނުން ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުން ވަކި ކުރުމަށެވެ.

ވަރަށް ގަދަ
33%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 67%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: