ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން ބޭނުންވި ގޮތަށް ޓެކްސް ބޮޑުކުރަން ފާސްކޮށްފި!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށައެޅުއްވި ބިލު ފާސްކޮށްފިއެވެ.

ބިލް ފާސްކުރުމަށް މަޖިލީހުގައި ނެގި ވޯޓުން މި ބިލު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވި 81 މެންބަރުންގެ ތެރެއިން 55 މެންބަރުންގެ ތާއީދާ އެކުގައެވެ. ފާސްކުރުމާއި ދެކޮޅަށް ވޯޓުދިނީ 26 މެންބަރުންނެވެ.

ޓެކްސް ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު އެ ބިލް ފާސްކުރުމަށް މަޖިލީހުގައި ޖަލްސާގައި އެޖެންޑާ ކުރި މީ ތިން ވަނަ ދުވަހެވެ. ބިލަށް ވޯޓަށް ނޭހި ސަބަބެއް ކަމަށް މަޖިލީޙުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ކޮމެޓީ ރިޕޯޓަށް މެމްބަރުން ބަހުސް ކުރަން އެދިފައިވުމާއި އަދި ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް މަޖިލީހުގެ ތަޅުމުގައި ނެތުމެވެ.

ސަރުކާރުން ބޭނުންވި ގޮތަށް ތެކްސް ބިލް މަޖިލީހުން ފާސްކޮށްފައިވާއިރު ޓެކްސްގެ ބިލަށް ވޯޓަށް ނާހާ މަޖިލީޯހުގެ ގަވާއިދާ ހިލާފަށް މަޖިލިސް ރައީސް ރައީސް ނަޝީދު މަޖިލިސް ހިންގަވާ ކަމަށް ބުނެ ބައެއް މެމްބަރުން ވަނީ ރައީސް ސާލިޙްއާއި ބައްދަލު ކުރައްވައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޓެކްސް ބިލަށް ވޯޓަށް ނާހާ ލަސްކުރާނަމަ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވާއްދާނެ ކަމުގެ އިންޒާރު ވެސް ރައީސް ސާލިޙްއަށް ތާއިދު ކުރައްވާ މެމްބަރުން ވަނީ ދީފައެވެ.

ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ހުށަހެޅުއްވި ބިލް ދިރާސާކުރުމަށް ކުރިއަށް ގެންދިޔަ މުޅި މަޖިލީހުގެ ކޮމެޓީ ބައްދަލުވުމުގައި އެމްޑީޕީގެ މެމްބަރުން ފާހަގަކުރެއްވީ ޓެކްސްގެ ބިލް ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ފޮނުވުމުގެ ކުރިން ކޮމެޓީގެ ފަރާތުން ކަމާއިބެހޭ ބޭފުޅުންނާ ބައްދަލުކުރުމަށް ހުށަހަޅާފައިވަނިކޮށް ޕީޖީ ގުރޫޕުން ބިލް ސަރުކާރުން ހުށަހަޅާފައިވާ ގޮތަށް ފާސްކުރުމަށް ތްރީލައިން ވިޕެއް ނެރެފައިވާކަމަށެވެ.

ތްރީލައިވް ވިޕާ ގުޅޭ ގޮތުން އެމްޑީޕީގެ ޕީޖީ ލީޑަރ މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ބިލް ކޮމެޓީ މަރުހަލާގައި ވަނިކޮށް ޓެކްސްގެ ބިލަށް ތްރީލައިން ވިޕެއް ނެރުނީ ބިލްގެ މުހިންމު ކަމުން ކަމަށާއި އަދި ޕީޖީ ގުރޫޕްގެ ތްރީލައިން ވިޕާއި ހިލާފަށް ވޯޓު ދެއްވާ މެމްބަރުންނާއި މެދު ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ސަރުކާރުން ޓެކްސް ބޮޑު ކުރަން ހުށަހަޅާފައިވާ ބިލަށް މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުއަށް ތާއިދު ކުރައްވާ މަޖިލީޙުގެ މެމްބަރުން ދެކޮޅު ހައްދަވައެވެ. އެގޮތުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ބޮތުގައި ޓެކްސް ބޮޑު ކުރަން މިއީ އެންމެ ރަނގަޅު ވަގުތެއް ނޫނެވެ. ހާއްސަކޮށް އާންމު ރައްޔިތުން ދައްކަން ޖެހޭ ޖީއެސްޓީ ބޮޑު ކުރުމަކީ މިހާރުގެ ހާލަތަށް ބަލާއިރު އެއްގޮތަކަސް ކޮށްގެން ވާނެ ކަމަށް ނޫން ކަމަށް ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވެއެވެ.

މީގެއިތުރުން ރައީސް ނަޝީދުއަށް ތާއިދު ކުރައްވާ މެމްބަރުން ވިދާޅުވާ ގޮތުން ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ސަރުކާރުން ކުރަން ޖެހޭ ކަމަކީ ސިޔާސީ މަގާމްތައް މަދުކޮށް ދައުލަތުގެ ހަރަދު ކުޑަކުރުމެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އަށް ބޮޑުކޮށް، ޖީއެސްޓީ 06 އިންސައްތައިން 08 އިންސައްތައަށް ބޮޑު ކުރުމަށެވެ.

ބައިނަލްއަގުވާމީ މާލީ އިދާރާތްތަކުން ރިޕޯޓުތައް އާއްމުކޮށް، ޓެކްސް ބޮޑު ކުރުން ތަންފީޒު ކުރުން އެންމެ ރަނގަޅީ 2024 ގައިކަން ފާހަގަކުރިއެވެ. އަދި އަންނަ އަހަރު ޓެކްސް ބޮޑު ކުރުމުން އިންފްލޭޝަނަށް އޭގެ އަސަރު ވަރަށް ބޮޑަށް ކުރާނެކަމަށް ބުންޏެވެ.

އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) އިން އާއްމު ކުރި ރިޕޯޓުގައި ބުނީ ރާއްޖޭގެ އިގްތިސާދީ ހާލަތަށް ކުރިޔަށް އޮތް އަހަރުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި ފައިސާ ޗާޕު ކުރުމުގެ ސަބަބުން އިންފްލޭޝަނަށް އަސަރުތަކެއް ކުރުމާއި އެކު ޓެކްސް ބޮޑު ކުުރުމުން އޭގެ ނޭދެވޭ އަސަރު އިގްތިސާދުގެ ތެރެއިން ފެންނާނެކަމަށް ވަނީ ބުނެފަ އެވެ.

ރިޕޯޓުގައި ބުނީ ރާއްޖޭގެ ބާޒާރުގައި މިވަގުތު ތަކެތީގެ އަގު ވެސް ދަނީ އުފުލެމުންކަމަށާއި، ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނާނެ ބަދަލަށް ބަލައި ޓެކްސް ބޮޑު ކުުރުމަށް ނިންމުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: