އަންނަ އަހަރުގެ ބަޖެޓުގައި އަރަބިއްޔާ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތަށް 6.4 މިލިއަން ރުފިޔާ ކަނޑައަޅައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ ބަޖެޓް ދިރާސާ ކޮމެޓީ ބައްދަލުވުމުގައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޖުމްލަ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް ބަޖެޓް ދިރާސާކުރާ ކޮމެޓީގެ ބައްދަލުވުމަކަށްފަހު، މިހާރު ވަނީ 160 މިލިއަން ރުފިޔާ އިތުރުކުރުމަށް ނިނާމަފައެވެ. މިއާއެކު ބަޖެޓްގެ ޖުމްލަ އަދަދު ވަނީ 42.8 މިލިޔަން ރުފިޔާއަށް އަރާފައެވެ. އެ އިސްލާހް ފާސްކޮށްފައި ވަނީ ކޮމެޓީއަށް ހާޒިރުވި މެންބަރުންގެ އަގުލަބިއްޔަތުންނެވެ.
މީގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ހިމެނުމަށް މެމްބަރުން ހުށައަޅުއްވާފައިވާ ކަންކަންވެސް ވަނީ ހިމަނަފައެވެ. އެގޮތުން އެކަމަށް 24.4 މިލިއަން ރުފިޔާ މެމްބަރުން ހުށައަޅުއްވާފައިވާއިރު، އޭގެ ތެރެއިން 6.4 މިލިއަން ރުފިޔާ ހަމަޖައްސާފައިވަނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ.
އަރަބިއްޔާގެ ސްކޫލުގެ އާ އިމާރާތް އުޅުމަށް ނިންމާފައި ވަނީ ކުރިން ޖަމާލުއްދީން ސްކޫލް ހިންގި ބިމުގައެވެ. އަރަބިއްޔާ ސްކޫލް އިމާރާތް ކުރުމުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަންއާއި ހަވާލު ކޮށްފައިވީނަމަވެސް ސަރުކާރުން އަންނަ އަހަރަށް ލަފާކުރި ބަޖެޓް މަޖިލީހަށް ހުށަހެޅިއިރު، އަރަބިއްޔާގެ އިމާރާތަށް ބޭނުންވާ ފައިސާ ހިމަނާފައެއް ނެތެވެ. މިއީ 168 މިލިއަން ރުފިޔާ ހަރަދުވާ މަޝްރޫއެކެވެ.
ބަޖެޓުގައި އަރަބިއްޔާގެ އައު ސްކޫލު އިމާރާތުގެ ހަރަދުތަކުގެ ތަފްސީލު ހިމެނިފައި ނުވަނީ އިދާރީ އޮޅުމެއްގެ ސަބަބުންކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ނަމަވެސް ގިނަ ބަޔަކު ވަނީ ހަމައެކަނި އެންމެ ކަމެއް އުނިވުން އެއީ އިއްތިފާގެއް ނޫންކަމަށް ބުނެފަ އެވެ. ސަރުކާރުން އަރަބިއްޔާގެ ބެލެނިވެރިންގެ ޝަކުވާތަކަށް އެއްވެސް ސަމާލުކަމެއް ނުދޭކަމަށާއި، އަބަދު ހާލުގައި ޖެހޭ ސްކޫލަކީ އެއީކަމަށް ބުނި ނަމަވެސް ޑރ. އައިޝަތު އަލީ ވިދާޅުވީ އަރަބިއްޔާއަށް ދެރަގޮތެއް ވިޔަ ނުދެއްވާނެކަމަށެވެ. އަދި ސްކޫލު މަގުމަތި ކުރުމަށް މަސައްކަތް ކުރާކަމަށް ބުނެ ދެކެވޭ ވާހަކައުގައި އެއްވެސް ހަގީގަތެއް ނެތްކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

