ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އިގްތިސާދު ހަލާކު ކުރީ ފައިސާ ޗާޕްކޮށްގެން: އާދަމް ޝަރީފް

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު—ފޮޓޯ:- މަޖްލިސް އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙްގެ ސަރުކާރުން އިގްތިސާދު ހަލާކު ކުރީ ފައިސާ ޗާޕްކޮށްގެން ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މިއަދު މަޖިލީހުގެ ޖަލްސާގައި ސަޕްލިމެންޓަރީ ބަޖެޓް ރިޕޯޓަށް ބަހުސް ކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ 2023 ވަނަ އަހަރުގެ ބަޖެޓުން ފެންނަނީ ރާއްޖެ ދަރަނިވެރިވަމުންދާ މަންޒަރު ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ބެޖެޓްގައި 42.68 ބިލިއަން ހަރަދުކުރުމަށް ކަނޑައަޅާފައިއޮތް އިރު 32 ބިލިއަން ރުފިޔާ ކަނޑައެޅިފައިވަނީ ލިބޭނެ އެހީގެ ގޮތުގައެވެ. އޭނާ ވިދާޅުވީ 32 ބިލިއަން ބޭރުގެ އެހީތަކާ އެކުގައިވެސް ލިބޭނެ ކަމަށް ގަބޫލް ނުކުރެވޭ ކަމަށެވެ.

32 ބިލިއަނުގެ ތެރެއިން 29 ބިލިއަން ހަރަދުކުރަނީ ސަރުކާރުގެ ރިކަރަންޓް ހަރަދުތަކަށް ކަމަށާއި ރާއްޖޭގައި ކުރަންހުރި ހުރިހާ ކަމެއް ކުރުމަށް ބާކީ އޮތް 13 ބިލިއަނުން ނުފުދޭނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއަހަރުގެ ބަޖެޓަށް ބަލާއިރު ލިބުނު އާމްދަނީ އަކީ 26 ބިލިއަން ރުފިޔާ ކަމަށާއި ސަޕްލިމެންޓަރީ ބަޖެޓަށް 42.8 ބިލިއަން އިތުރު ކުރުމުން މިއަހަރުވެސް 16.2 ބިލިއަން އިތުރަށް ހަރަދުކުރަންޖެހި ޑެފިސިޓްވާ ކަމަށެވެ.

2023 ގެ ބަޖެޓާއި އެކު އެމްއެމްއޭ އިން ވަނީ 5.4 އިންސައްތަ އިންފްލޭޝަން އިތުރުވެގެންދާނެ ކަމަށް ބުނެފައިކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭގެ ނަތީޖާ އަކަށް ވެގެންދާނީ ރާއްޖޭގައި ފަގީރުކަން އިތުރުވެ ފަގީރުންނާއި މުއްސަނދިންގެ ފަރަގު އިތުރުވެގެން ގޮސް ރާއްޖޭގެ ޑިސްޕެރިޓީ ބޮޑުވެގެން ދިއުން ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ސަޕްލިމެންޓަރީ ބަޖެޓް ހުށައަޅާފައިވަނީ ކަނޑައެޅިގެން ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ހަމައެއާއެކު ޓީ ބިލު ވިއްކައި ސްކޫލްތަކާއި ހޮސްޕިޓަލްތައް ރަހުނުކޮށް ނިންމާލުމުން އެނގިގެންދަނީ ރާއްޖޭގެ އިގްތިސާދު ރަނގަޅުކުރާނެ އެއްވެސް ގޮތަކާއިމެދު ސަރުކާރުގެ ވިސްނުމެއް ނެތް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: